އެއްވެސް ގޮތެއް ތިމާއަށް އޮއްވައި އެހެން މީހުންގެ ކިބައިން ކަންކަމަށް ނޭދޭ މީހުންނަށް ފަސޭހައިން އެކަމެއް ފުއްދަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
އެއްވެސް ގޮތެއް ތިމާއަށް އޮއްވައި އެހެން މީހުންގެ ކިބައިން ކަންކަމަށް ނޭދޭ މީހުންނަށް ފަސޭހައިން އެކަމެއް ފުއްދަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

ވަރަށް ކުޑަކުޑަ މިސާލެއް ބުނެފާނަމެވެ. ބައެއް މީހުންނަށް ކިރިޔާ އަތްމަތި ދަތިވާއިރަށް ކޮންމެވެސް މީހެއްގެ އަތުން ދަރަންޏަށް ފައިސާ ހޯދާ މީހުން އުޅެއެވެ. އެހީއަށް އެދި އާދޭސްކުރާ މީހުން ވެސް އުޅެއެވެ. މިފަދަ މީހުންނަށް އެހީތެރިވެދޭން މީހުން ފޫހިވެސްވާނެއެވެ! އެއީ އެކަމަކީ އޭނާ އަބަދުކުރާ ކަމަކަށްވާތީއެވެ!

އެއިގެ ބަދަލުގައި ދަތިހާލަތެއް ކުރިމަތިވި ނަމަވެސް ދެން އެހެން ގޮތެއް ނެތިގެން ނޫނީ އެހެން މީހުންގެ ގާތުން އެހީތެރިކަމަށް ނުއެދޭ މީހާ، މީހެއްގެ ގާތުން ކަމަކު އެދިއްޖެ ނަމަ ވަރަށް ފަސޭހައިން އެކަމެއް ކޮށްދޭނެއެވެ. މީގެ އިތުރުން ދަތިޙާލަށް ކެތްތެރިވާ މީހުން އެހީތެރިކަމަށް އެދި އަތް ދިއްނުކުރި ނަމަވެސް އެހީތެރިކަން ލިބެއެވެ.

އެހެން އެވަނީ ގިނަގިނައިން ކަންކަމު އެދޭނަމަ، ކަމަކު އެދުމުން އެއުޅެނީ ހަމަ ޙަޤީޤަތުގައިވެސް ކަމަކަށް ދަތިބވެގެންކަން ޤަބޫލުކުރަން އުނދަގޫވާނެއެވެ! ނަމަވެސް ދެން އެހެން ގޮތެއް ނެތިގެން ނޫނީ ކަމަކު އެދޭނަމަ އެއުޅެނީ ހަމަ ގޮތެއް ނެތިގެންކަން ޤަބޫލުކުރަން ފަސޭހަވާތީއެވެ.

މިކަމުން އެނގޭ ކަމަކީ ދަތިޙާލުގައި ކެތްތެރިވުމަކީ މީސްތަކުންގެ ލޯބި އިތުރުވާ ކަމެއް ކަމެވެ. ހަމްދަރުދީވެސް އިތުރުވާ ކަމެއް ކަމެވެ. އެހެން އެވަނީ ދަތިހާލުގައި ކެތްތެރިވާ މީހުންނަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބޭތީއެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭތީއެވެ.

ދަތި ހާލެއްގައި ނުވަތަ މުޞީބާތެއްގައި އުޅެން ޖެހުމަކީ އެއްވެސް މީހަކަށް ކުރަން ފަސޭހަ ކަމަކަށް ނުވާނެއެވެ. ކުރަން ބޭނުންވާ ކަމަކަށްވެސް ނުވާނެއެވެ! ނަމަވެސް ވިސްނައިލަން ޖެހޭނެ ކަމަކީ ދަތިހާލުވެސް މިންވަރު ކުރައްވަވަނީ ﷲ ތަޢާލާ ކަމެވެ. އަދި ދަތި ޙާލުތަކުގައި އުޅެން ޖެހުމަކީ ދިރިއުޅުމުގެ އެއްބައި ކަމަށެވެ.

ދަތިޙާލަތެއް މެދުވެރިވެއްޖެ ނަމަ ކެތްތެރިވެވެނީ ވަރަށް މަދު މީހަކަށެވެ. ގިނަ ބައަކު ހަމަ ތެޅިފޮޅޭނީއެވެ. އެގޮތަށް ތެޅިފޮޅެން ހަދައިގެން ބައެއް ފަހަރު ކުރެވޭ ނުކުރެވޭ ކަންކަން ވެސް އޮޅޭ ހިސާބަށް ތެޅިފޮޅިއުޅެއެވެ. މިކަންކަމަކީ އިޞްލާޙްކުރަންޖެހިފައިވާ ކަންކަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން