މައިންބަފައިން ދަރިންނަށް ތަފާތުކުރިނަމަވެސް ދަރިން އެކަމަށް ނުބަލައި ހެޔޮކޮށް ހިތާށެވެ! ދެއްވަވާ ޘަވާބު މާގިނަވާނެއެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
މައިންބަފައިން ދަރިންނަށް ތަފާތުކުރިނަމަވެސް ދަރިން އެކަމަށް ނުބަލައި ހެޔޮކޮށް ހިތާށެވެ! ދެއްވަވާ ޘަވާބު މާގިނަވާނެއެވެ! އިން ޝާ ﷲ

"އަޅުގަނޑު ކުޑައިރު މައިންބަފައިން އަޅުގަނޑަށް ކަންތައްކުރީ ވަރަށް ގޯސްކޮށެވެ. އެހެންކުދިންނާ ތަފާތުވެސް ކުރިއެވެ! އެމީހުންނަށް އަޅާލައި ހެޔޮކޮށް ހިތަންޖެހޭނެތޯ؟"

މިފަދަ ސުވާލުތައް ދަރިން ކުރެއެވެ. ޖަވާބުގައި ބުނެލަން އޮތީ މައިންބަފައިންގެ ތެރޭގައިވެސް ދަރިންނާއިމެދު ވަރަށް ގޯސްކޮށް ކަންތައް ކުރެވޭ މައިންބަފައިންވެސް ތިބެއެވެ. އެމީހުން ކޮންމެ ގޮތަކަށް ކަންތައް ކުރިނަމަވެސް ﷲ ތަޢާލާ އަމުރުފުޅު ކުރައްވަވާފައިވަނީ ދުނިޔޭގައި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށެވެ. ވީމާ ދަރިން، ދަރިންގެ ވާޖިބު އަދާކުރީމާ ﷲ ތަޢާލާ ދެއްވަވާ ޘަވާބު މާގިނަވާނެއެވެ. އިން ޝާ ﷲ

ދަރިންގެ މެދުގައި ތަފާތުކުރާނަމަ ދަރިން ވަރަށް ދެރަވާނެއެވެ. ނަމަވެސް އެމީހަކު ކުރިކަމެއް އޮންނާނީ އެމީހަކަށެވެ. މައިންބަފައިން ކަންކަންކުރި ގޮތް ހަނދާންވެސް ނުކުރާށެވެ! ﷲ ތަޢާލާ ތިމާއާއި ޙަވާލުކުރެއްވެވި މަސްއޫލިއްޔަތު ރަނގަޅު ގޮތުގައި އަދާކުރާށެވެ.

ޤިޔާމަތް ދުވަހު ކޮންމެ މީހަކާއިވެސް ސުވާލުކުރައްވަވާނީ އެމީހަކާއި ޙަވާލުކުރެއްވެވި ވާޖިބުތައް އަދާކުރިގޮތަކާއިމެދުގައެވެ. ވީމާ ދަރިންނަށް އޮތީ ހުރިހާ ޙާލަތެއްގައިވެސް މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ. އޯގާތެރިވުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން