މިކަންކަން އެނގުނީމާ އަބަދު އަޅުކަމުގަ ނުހުރެވޭތީ ކަންބޮޑުވާ މީހުންގެ ކަންބޮޑުވުންތައް ފިލައިގެންދާނެ! އިން ޝާ ﷲ: މުފްތީ މެންކް

ކިޔުމަށް ހޭދަވާނީ 1މ 47ސ
މިކަންކަން އެނގުނީމާ އަބަދު އަޅުކަމުގަ ނުހުރެވޭތީ ކަންބޮޑުވާ މީހުންގެ ކަންބޮޑުވުންތައް ފިލައިގެންދާނެ! އިން ޝާ ﷲ: މުފްތީ މެންކް

ދުނިޔޭގައި އުޅެންލިބޭ މަދު ދުވަސްކޮޅުގެ ބޭނުން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ހިފައިފިނަމަ އެމީހަކަށް އެހުރެވެނީ އަބަދު އަޅުކަންކުރުންމަތީގައެވެ. މީސްތަކުން ކުރަންވީ އަމަލުތަކާއި ނުކުރަންވީ ޢަމަލުތައް ﷲ ތަޢާލާ ވަނީ އަންގަވައި ދެއްވަވައިފައެވެ. އަހަރެމެންނަށް އޮތީ ކިޔަމަންތެރިކަން އަދާކުރުމެވެ. އެކަމަށް ޙައްޤު ޖަޒާ ދެއްވެވުމުގެ ގޮތުން ﷲ ތައާލާއަށް ކިޔަމަންތެރިކަން އަދާކޮށްގެން ކުރާ ކޮންމެ ކަމަކީ އަޅުކަމެއ ކަމުގައި ﷲ ތަޢާލާ ވަނީ ކަނޑައަޅުއްވަވައިފައެވެ.  

ވީމާ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރާ ޙާލު މީސްތަކުން ކުރާ ކޮންމެ ކަމަކީ އަޅުކަމެކެވެ. ފަރުޟުތަކާއި ސުންނަތް ކަންކަން ކުރުމަކީ އަޅުކަމެވެ. ޛިކްރު ކުރުމުން ފެށިގެން އެންމެ ކުޑަމިނުން ﷲ ތަޢާލާ ހަނދުމަކުރުމަކީވެސް އަޅުކަމެކެވެ. އެހެންގޮސް ﷲ ތަޢާލާ ނަހީ ކުރެއްވެވި ކަންކަން ނުކުރުމަކީވެސް އަޅުކަމެކެވެ. ޙަލާލްގޮތުގައި ހޯދައިގެން ޙަލާލް ތަކެތި ކއަިބޮއި ހެދުމަކީވެސް އަޅުކަމެކެވެ. ގައިން ތާހިރުވުމަށް ފެންވެރުމަކީވެސް އަޅުކަމެކެވެ. ﷲ ތަޢާލާ އެންގެވި ގޮތުގައި ކައިވެނިކޮށްގެން ކައިވެނީގެ އުފާ ހާޞިލުކުރުމާއި ޒަވާޖީ ހަޔާތް ވޭތިކުރުމަކީވެސް އަޅުކަމެކެވެ.  

މިހެން ގޮސް ﷲ ތަޢާލާއަށް ކިޔަމަންތެރިކަމާއިއެކު ކުރާ ކޮންމެ ކަމެއް ﷲ ތަޢާލާ ލައްވަވައިފައި މިވަނީ އަޅުކަމުގެ ގޮތުގައެވެ. ވީއިރު ދުނިޔޭގައި ހުރެ ކޮންމެ އަމަލަކީ އަޅުކަމަކަށް ހެދުމުގައި އޮތީ ކޮން ބުރަކަމެއް ހެއްޔެވެ؟ އޮތީ ހަމައެކަނި ކިޔަމަންތެރިވުމެވެ. އެއިރުން ދެން ކުރެވޭ ކޮންމެ ކަމެއް މިވަނީ އަޅުކަމަކަށެވެ.  

ދުނިޔެއަށް ފޮނުއްވެވުނީ ހަމައެކަނި ﷲ ތަޢާލާއަށް އަޅުކަންކުރަން ކަމުގައި އޮތް ބަސްފުޅުގެ މާނައަކީ އަބަދު ނަމާދުކުރުމާއި ކޮންމެ ދުވަހަކު ރޯދަހިފުން ނޫންކަން މިއޮތީ ވަރަށް ސާފުކޮށް އެނގޭށެވެ! ނަމާދުކުރަންވީވިއެވެ! ރޯދަވެސް ހިފަންވީއެވެ. އެހެނިހެން އަޅުކަން ވެސް ކުރަންވީއެވެ. ހަމަ އެފަދައިން ﷲ ތައާލާ އަނގަވާފައި ގޮތަށް ދުނިޔޭގެ އުފާ ވެސް ލިބިގަންނަންވީއެވެ. ކުރުކޮށް ބުނާނަމަ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމުން އަބަދުވެސް އެމީހަކަށް އެހުރެވެނީ އަޅުކަމުގައެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ތިމަން ﷲ މީސްތަކުން އުފެއްދެވީ ހަމައެކަނި ތިމަން ﷲ އަށް އަޅުކަން ކުރަން ކަމަށް އޮތް ވަޙީ ބަސްފުޅުގެ މާނަ ހަނިނުކުރާށެވެ! އެކަމުގައިވަނީ ހަމައެކަނި ﷲ ތަޢާލާއަށް އަޅުކަން ކުރުން ކަމުގައި އަހަރެމެން މިދެކޭ މާނައަށްވުރެ މާފުޅައު މާނައެކެވެ. މިބޔާންކުރީ އެކަމުގެ ބައެއް ތަފްޞީލެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން