ކިތަންމެ ވަރަކަށް ދެކޮޅުހަދަން މަސައްކަތްކުރިނަމަވެސް ދުނިޔޭގައި ވެސް އާޚިރަތުގައިވެސް އުފާވެރިކަން ފުރިހަމަވާނީ ބައިވެރިއަކު ލިބިގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ކިތަންމެ ވަރަކަށް ދެކޮޅުހަދަން މަސައްކަތްކުރިނަމަވެސް ދުނިޔޭގައި ވެސް އާޚިރަތުގައިވެސް އުފާވެރިކަން ފުރިހަމަވާނީ ބައިވެރިއަކު ލިބިގެން!

ކިތަންމެ ވަރަކަށް ދެކޮޅުހަދަން މަސައްކަތްކުރިނަމަވެސް ދުނިޔޭގައި ވެސް އާޚިރަތުގައިވެސް އުފާވެރިކަން ފުރިހަމަވާނީ ބައިވެރިއަކު ލިބިގެންނެވެ. ދުނިޔޭގައި އުފަލުގައި އުޅެވޭނީ ހެޔޮލަފާ ބައިވެރިއަކު ލިބިގެންކަން އެއީ ޔަޤީން ކަމެކެވެ. އާޚިރަތް ދުވަހުވެސް އުފާވެރިކަން ލިބޭނީ ބައިވެރިއަކު ލިބިގެންކަމަށް މިބުނީ ސުވަރުގެ ވައްދަވާއިރު ކޮންމެ މީހަކަށްވެސް ބައިވެރިން (އެކި މީހުންނަށް އެކި ޢަދަދަށް- އެމީހަކަށް ޙައްޤުވާވަރަށް) ދެއްވަވާނެތީއެވެ. ހަމަ އެކަކުވެސް އެކަނިވެރި ނުކުރައްވަވާނެތެވެ. އެއީ ބޭނުންތެރި، ފައިދާހުރި، އުފާވެރިކަން އިތުރުވާނެ ކަމެއް ނޫންނަމަ އެކަން އެގޮތަކަށް މިންވަރެއް ނުކުރައްވަވާނެތެވެ. 

އެހެންކަމާއިއެކުވެސް މިއަދު ކަމަކަށް މިއޮތީ އެއްބައަކު އަނެއްބައަކު ކުށްވެރިކުރުމެވެ. ނިކަން ވިސްނައިލަބަލާށެވެ!  އެއްދުވަހަކު ފިރިހެނަކު އަންހެނަކަށް ބުނާއަޑު އެހީމެވެ. "ސުވަރުގެއިން ބިމަށް ފައިބަން ޖެހުނީވެސް އަންހެނުންނާއި ހުރެއެވެ. އެހެން ނޫން ނަމަ އަހަރެމެން ތިބީހީ ސުވަރުގޭގައެވެ."

އެހެން އެބުނީ ﷲ ތަޢާލާ އެގަހަކުން ފަރިއްނުކުޅުއްވަވަން އަމުރުފުޅު ކުރެއްވެވި ގަހުން ޝައިޠޯނާގެ ބަހަށް ހެއްލި ފުރަތަމަ ފަރިއްކުޅުއްވެވީ ހައްވާގެފާނު ކަމަށް ބަލައިގެންނެވެ. ނަމަވެސް އެއީ ތެދެއް ނޫނެވެ. އެކަމުގައި އެއްބައަކު އަނެއް ބައަކު ކުށްވެރިނުކުރާށެވެ! އެގަހުން ފަރިއްކުޅުއްވެވީ އާދަމްގެފާނާއި ހައްވާގެފާނާއި އެކުގައެވެ. 

ދެން ތިއަ ކަންބޮޑުވަނީ ސުވަރުގޭގައި ނުއުޅެވިގެން ކަމަށްވާނަމަ މަރުވުމުން ސުވަރުގެ ވަންނަން ކުރާ މަސައްކަތް އިތުރުކޮށް ވަރުގަދަކުރާށެވެ! އަދި ކީއްހެއްޔެވެ؟ ދުނިޔެއަކީ ވެސް ހަމަ އުފަލުގައި ދިރިއުޅެވޭ ތަނަކަށް ހެދިދާނެއެވެ. އެކަމަށް ބޭނުންވަނީ ހަމަ ކުޑަކުޑަ ކަމެކެވެ. ދެމަފިރިން އެކަކު އަނެކަކަށް އޯގާތެރިވުމެވެ. ރަޙުމާއި ކުލުނުވެރިކަމާއިއެކު ކަންކަން ކުރުމެވެ. ތެދުވެރިކަމާއި ވަފާތެރިކަމެވެ. ދެމަފިރިން އެކަކު އަނެކަކު ދެކެ ވާލޯތްބަކީ ﷲ ތަޢާލާއަށްޓަކައި ވާލޯބި ކަމުގައި ހެދުމެމެވެ. 

މިއިން އެއްވެސް ކަމަކީ އެކަން ކުރަން ބޭނުންވާ އެއްވެސް މީހަކަށް ނުކުރެވޭނެ ކަންކަމެއް ނޫނެވެ. ފައިސާ އާއި ވަސީލަތް ނެތިގެންވެސް ނުކުރެވި ހުންނާނެ ކަންކަމެއް ނޫނެވެ. ހަމައެކަނި ބޭނުންވާނީ އެކަން ކުރުމުގެ ވަރުގަދަ އަޒުމާއި ހިތްވަރެވެ. ތެދުވެރި އިޚްލާޞްތެރި ނިޔަތެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން 

 

މިއަދު އޮންލައިން