ހެޔޮ ވިސްނުމެއްގަ ޤުރްއާން ދިރާސާކުރާ ސައިންސްވެރިންވެސް އަދި ޤުރްއާނުން ކުށް ހޯދަން މަސައްކަތްކުރާ މީހުންވެސް އަންނަނީ ޤުރްއާން ޤަބޫލުކޮށް އިސްލާމްވަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ހެޔޮ ވިސްނުމެއްގަ ޤުރްއާން ދިރާސާކުރާ ސައިންސްވެރިންވެސް އަދި ޤުރްއާނުން ކުށް ހޯދަން މަސައްކަތްކުރާ މީހުންވެސް އަންނަނީ ޤުރްއާން ޤަބޫލުކޮށް އިސްލާމްވަމުން!

ސައިންސްވެރިންނަށްވެސް އަދި ކީރިތި ޤުރްއާނުން ކުށް ހޯދަން އުޅޭ މީހުންނަށްވެސް ޤުރްއާނުގައިވާ ޙަޤީޤަތްތައް އެނގުމުން އަންނަނީ އިސްލާމްވަމުންނެވެ. މިހައިތަނަށް އިސްލާމްވެފައިވަނީ އެކަކު ދެމީހެއް ނޫނެވެ. އެތައް ބައެކެވެ. 

އެކަމަކު ސައިންސްވެރިންނަށް ނުވާ ނުވަތަ ސައިންސް ނުވެސް އެނގޭ މީހުން މިބުނަނީ ޤުރްއާނުގައި ބަޔާންވެގެންވާ ކަންކަމަށް ސައިންސުން ހެކިދެއްކުމަށެވެ. މިވަނީ ކިހިނަކުން ހެއްޔެވެ؟ 

ސައިންސްވެރިންނަކީ މާ ކުރިއަރާފައިވާ ބައަކު ކަމަށް ބުނާ ނަމަ ނިކަން ﷲ ތަޢާލާ ކީރިތި ޤުރައާނުގައި ބަޔާންކުރައްވަވާފައިވާ މިފަދަ އެއްވެސް ކަމަކަށް ގޮންޖަހައިލަބަލާށެވެ! 

"ހަނދު އަތުލައިގަތުމަކީ، އިރަށް އެކަށީގެންވާ ކަމެއްނޫނެވެ. އަދި ދުވާލަށްވުރެ ރޭގަނޑު ކުރިއަރައި ދާކަމަކަށްވެސް ނުމެވޭމެއެވެ. އަދި އެއިން ކޮންމެ އެއްޗެއްމެ ފަލަކެއްގައި ހިނގަހިނގާ ހުރެތެވެ." (ޔާސީން: 40) 

ސައިންސްވެރިންނަށް ހުރިހާ ކަމެއް އެނގިފައި ހުރިހާ ބާރުތަކެއް ލިބިގެން ތިބި ބައަކުނަމަ އިރު އެރުމުންވެސް ހަނދުގެ އަލިކަން ނުގެއްލޭނެ ގޮތެއް ހަދަންވީ ނޫން ހެއްޔެވެ؟ ރޭދުވާ ތަކުރާރުވަމުންދާ ނިޒާމު އެންމެ ދުވަހަކަށް ނަމަވެސް ބަދަލުކޮށްލަންވީ ނޫން ހެއްޔެވެ؟ 

ދުވާލުގެ ވަގުތުތައް ﷲ ތަޢާލާ ގިނަ ކުރައްވަވާފައިވާ ސަރަހައްދަކަށް، ޤައުމަކަށް ދުވާލުގެ ވަގުތުތައް މަދުކޮށްލައި ހުރިހާ ޤައުމަކަށް އެއްގޮތް ކޮށްލަންވީ ނޫން ހެއްޔެވެ؟ ދުނިޔޭގެ ހުރިހާ ސައިންސްވެރިން އެކުވިޔަސް މިފަދަ އެއްވެސް ކަމެއް ނުކުރެވޭނެއެވެ! ދުނިޔެ ނިމެންދެންވެސް ހުރިހާ ކަމެއްވެސް ހިނގަމުން ދާނީ ހަމަ ﷲ ތަޢާލާ މިންވަރުކުރައްވަވާފައިވާ ގޮތަށެވެ! އެއްވެސް ބަދަލެއް އަންނާނީ އެބަދަލެއް ﷲ ތަޢާލާ ގެންނަވައިފިނަމައެވެ. 

އިސްލާމް ދީނުގައި ބަޔާންވެގެންވާ ކަންކަމަށް ސައިންސުން ހެކި ހޯދަން ބޭނުންވާނަމަ އެކަމުން އަންގައި ދެނީ އެމީހާގެ ސިކުނޑީގައި އެއްވެސް ބާރެއް ނެތް ކަމެވެ. އެހެނީ ސައިންސްވެރިންނާއި ސައިންސްގެ ޢިލްމު އުފެއްދެވީވެސް ﷲ ތަޢާލާ ކަމުގައިވާތީއެވެ. ކޮންމެ ޢިލްމެއްވެސް ލިބޭނީ ﷲ ތަޢާލާ ދެއްވެވި މިންވަރަކަށް ކަމަސްވާތީއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން