ކުރަން އެންމެ ފައިދާ ބޮޑު ހެޔޮ ޢަމަލު ހޯދަން އުޅޭ މީހުން ސަމާލުކަންދީގެން ކުރަން އޮތް 2 ކަންތައް- ކުރަންވެސް ވަރަށް ފަސޭހަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ކުރަން އެންމެ ފައިދާ ބޮޑު ހެޔޮ ޢަމަލު ހޯދަން އުޅޭ މީހުން ސަމާލުކަންދީގެން ކުރަން އޮތް 2 ކަންތައް- ކުރަންވެސް ވަރަށް ފަސޭހަ!

އެންމެ ހެޔޮ އަމަލު ނުވަތަ އެންމެ މަތިވެރި ޢަމަލު ހޯދަން ނުވަތަ އޮޅުން ފިލުވަން ވަރަށް ގިނަ ބައަކު މަސައްކަތްކުރެއެވެ. ޙަޤީޤަތަށް ބަލައިފިނަމަ އެއީ ވަރަށް ފަސޭހައިން ކުރެވެން އޮތް 2 ކަމެކެވެ. 

ރަސޫލް () ގެ ހަދީޘްފުޅެއްގެ މާނައިވެއެވެ. "އެންމެ ހެޔޮ ޢަމަލަކީ ނަމާދު ވަގުތުގައި އަދާކުރުމާއި މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ." މި 2 ކަންތަކަކީވެސް ކުރަން ނުހަނު ފަސޭހަ 2 ކަންތަކެވެ. އަދި ކޮންމެހެން ކުރަން ޖެހޭ ވެސް 2 ކަންތަކެވެ. 

މިޙަދީޘްފުޅަށް ބަލާއިރު ހަމައެކަނި ސަމާލުކަން ދޭން ޖެހެނީ އެ 2 ކަންތައް ބަރާބަރަށް ކުރުމަށެވެ. އެއިން ކަމެއްގައި އިހްމާލް ނުވުމަށެވެ. ފަރުވާ ކުޑަ ނުކުރުމަށެވެ! ނަމަވެސް ހިތާމައަކީ އެހައި ފަސޭހައިން ކުރެވެން އޮތް މި 2 ކަންތައް ކުރުމުގައި ވަރަށް ބޮޑަށް އިހްމާލްވެވެމުން އަންނަ ކަމެވެ. 

އިހްމާލް ވުމަކީ ދުނިޔަވީ ގޮތުން ވެސް ވަރަށް ގެއްލުން ހުރި ކަމެކެވެ. އިހްމާލުވާ މީހަކަށް ރަނގަޅު ދިރިއުޅުމެއްވެސް ނުލިބޭނެއެވެ! ހަރުދަނާ ގޮތުގައި މަސައްކަތެއްވެސް ނުކުރެވޭނެއެވެ! އިހްމާލުވުން މިކިޔަނީ ފަރުވާކުޑަކުރުމަށެވެ. ފަރުވާކުޑަކުރާ މީހަކަށް ހޯދޭނީ ކޮން ކުރިއެރުމެއް ހެއްޔެވެ؟ ވީމާ ޒިންމާދާރުވާށެވެ! ޚާއްޞަކޮށް ފަރުޟު ނަމާދު އެ ނަމާދުގެ ވަގުތުގައި ކުރުމަށާއި މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގައެވެ! 

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ މީހާގެ ހިތުގައި ރަޙުމާއި ކުލުނު އިތުރުވާ ކަމެކެވެ. އެކަމުގެ ފައިދާ އެމީހާގެ ޢާއިލީ ދިރިއުޅުމަށްވެސް ކުރާނެއެވެ. އަދި ޢާންމު ދިރިއުޅުމަށްވެސް ކުރާނެއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން