ގޭގެ އެންމެންނަށް އެނގުނު ކަމުގައިވިޔަސް ހިނައިގަންނާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ގޭގެ އެންމެންނަށް އެނގުނު ކަމުގައިވިޔަސް ހިނައިގަންނާށެވެ!

ޖުނުބުވެރިވެއްޖެނަމަ ހިނަގަތުން ލަސްކުރުމުގެ ހުއްދަވެސް އެބަ އޮތެވެ. ނަމަވެސް އަހުރެން ބުނާނީ އެންމެ ރަނގަޅު ގޮތަކީ ހަމަ ވަޤުތުން ހިނައިގަތުން ކަމަށެވެ. އެއީ ޠޯހިރު ކަންމަތީގައި ހުރެވޭނީ ހިނައިގަނެގެން ކަމަށްވާތީއެވެ. 

މުސްލިމުންނަށް ކުރަން އޮތް އެންމެ މުހިންމު ކަމަކީ ނަމާދުކުރުމެވެ. ފަތިސްނަމާދުކުރެވޭނީ ހިނައިގަނެގެންނެވެ. ކަންނެތްވެ ހިނައި ނުގަނެ ނިދުމުން ފަތިސްނަމާދުކުރަން ހުރަސްތައް ކުރިމަތިވެއެވެ. ހޭލެވޭއިރު އިރުއަރަން ކައިރިވެފައިވާތީއެވެ. 

ބައެއް މީހުން ހިނައިގަތުން ލަސްކުރަނީ ގޭގައި އުޅޭ އެހެން މީހުންނަށް އެކަން އެނގިދާނެތީ ގަންނަ ލަދަކުންނެވެ. ލަދުގަންނަންވީ ކޮން ކަމަކަށް ހެއްޔެވެ؟ ތިބާކުރީ ޙަލާލު ކަމެކެވެ. އަދި ހިނައި ގަތުމަށް އަވަސްވެގަތުމަކީ ޢަމަލުކުރަން އޮތް އެންމެ ރަނގަޅު ގޮތެވެ. އެންމެ ރަނގަޅު ގޮތަށް ކަންތައްކުރަން ލަދުގަންނަންވީ ކީއްވެގެން ހެއްޔެވެ؟ 

ވީމާ ގޭގެ އެންމެންނަށް އެނގުނަސް ހިނައިގަންނާށެވެ! އެކަމުން ލިބެން އޮތް ފައިދާ ލިބިގަންނާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން