ވިސްނާލުން މުހިންމެވެ! ނުބައި މީހުންނާއިއެކުގައި އުޅޭނަމަ އެމީހުންގެ ސިފަތައް ލިބިގެންދެއެވެ. ނުބައި ޢަމަލުތައްކުރާ މީހުންނާއިއެކުގައި އުޅޭނަމަ އެމީހުން ކުރާ ޢަމަލުތައް ކުރެވެން ފަށައެވެ. ނަމާދުނުކުރާ މީހުންނާއިއެކުގައި އުޅެވޭނަމަ ނަމާދަށް ފަރުވާކުޑަކުރެވެއެވެ. ޣީބަބުނާ މީހުންނާއިއެކު އުޅެވޭނަމަ އެމީހަކު ދައްކާ ވާހަކައިގައި ބައިވެރިވެވި ޣީބަ ބުނެވެން ފަށައެވެ.
މާނައަކީ ނުބައިކަންކަންކުރާ މީހުންނާއި އެކުގައި އުޅުމުން އެ ނުބައި އާދަތައް އެމީހުންގެ ކިބައިގައި އަށަގަނެއެވެ.
މިހާރު ދިމާވާ އެންމެ ބޮޑު އިޖުތިމާޢީ މައްސަލަ ކުރިމަތިވާ ސަބަބަށް ބަލައިލަމާ ހިނގާށެވެ. މިބުނަނީ ރޭގަނޑު ލަހުން ގެއަށް ނިދަން ދިއުމުގެ މައްސަލައިގެ ވާހަކައެވެ. ގިނަ މީހުންނަށް އެއާދަ ހިފެނީ އެކުގައި ގެންގުޅެވޭ އެކުވެރިންގެ ސަބަބުންނެވެ.
ވީމާ އެފަދަ ނުބައި އާދަތައް ގެންގުޅޭ މީހުންނަކީ އެކުވެރިނަކްމުގައި ނުގެންގުޅޭށެވެ! އުފާވެރި ޒަވާޖީ ޙަޔާތެއް ލިބުން އޮތީވެސް އެގޮތުންނެވެ. ވީމާ ރޭގަނޑުގެ ވަޤުތުތައް ބޭކާރުކުރާ މީހުންނާ އެކުވެރިކަން ބޭއްވުމަކީ އަމިއްލަ ދިރިއުޅުމަށް ދެވޭ އެންމެ ބޮޑު އެއް އަނިޔާއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތިރީގައިވާ މުފްތީ މެންކުގެ ބަސްފުޅު ވިދާޅުވެލައްވައި ބިރުވެތިވެލައްވާށެވެ!
"ޤިޔާމަތް ދުވަހު މީސްތަކުން ނަރަކައަށް ވައްދަވާނީ ވެސް ބައިބައަށެވެ. އެމީހަކު އެކުގައި އުޅުނު ބައަކާއިއެކުގައެވެ. އެމީހަކު ކޮށް އުޅުނު ޢަމަލުތައް ކޮށް އުޅުނު ބައަކާއިއެކުގައެވެ. އަދި ސުވަރުގެ ވައްދަވާނީ ވެސް ހަމަ އެ ގޮތަށެވެ!
ޤިޔާމަތް ދުވަހު ކޮންމެ މީހަކު ވެސް މަޙްޝަރު ކުރެއްވެވޭނީ އެމީހަކު ތާއީދުކޮށް އެބައަކާއިއެކު އުޅެ އަބައަކު އަމަލުކުރި ގޮތަށް ރުހި އެގޮތަށް ޢަމަލުކޮށް އުޅުނު ބައަކާއިއެކުގައެވެ. ވީމާ ދުނިޔޭގައި ހަޔާތް ވޭތިކުރަމުންދާއިރު އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ އެއްކަމަކީ ﷲ ތައާލާ ރުހިވޮޑި ނުގަންނަވާ ގޮތަށް އުޅޭ މީހުންނަށް ތާއީދުކޮށް އެމީހުންނާއި އެކުގައި އުޅުމާއިމެދުގައެވެ. އެފަދަ ބައަކާއިއެކު މަޙްޝަރު ކުރެއްވެވުމަކީ މީހަކަށް ލިބޭނެ އެންމެ ބޮޑު ދެރައެވެ. އެންމެ ބޮޑު ނިކަމެތި ކަމެވެ.
އެކަމުން ސަލާމަތްވާން އެދޭ މީހާ ހެޔޮލަފާ ޞާލިޙުން އިޚްތިޔާރުކޮށް އެމީހުންނާއިއެކުގައި އުޅޭށެވެ! އެމީހުން ކުރާ ފަދައިން ޢަމަލުތައް ކުރުމުގައި ސާބިތުވާށެވެ! އެއިރުން ޤިޔާމަތް ދުވަހު އެމީހަކު މަޙްޝަރު ކުރައްވަވާނީ ހެޔޮލަފާ ޞާލިޙުންނާއިއެކުގައެވެ.
–މުފްތީ މެންކް