ކަނބަލުން [ޙައިޟު، ނިފާސްވެފައިވާ ޙާލު] ހުއްދަވާ ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ކަނބަލުން [ޙައިޟު، ނިފާސްވެފައިވާ ޙާލު] ހުއްދަވާ ކަންކަން-

އަންހެނާ [ޙައިޟު ނުވަތަ ނިފާސްވެފައިވާ ޙާލު] ނިޔަފަތި ކެނޑުމާއި އިސްތަށި ކޮށުން ހުއްދަވާނެ ހެއްޔެވެ؟ 

މިފަދަ ސުވާލުތައް ކިޔުންތެރިންގެ ފަރާތުން ލިބޭތީ ދަނަނަވަމެވެ. ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެއެވެ. އިން ޝާ ﷲ  

ނިޔަފަތި ކެނޑުމާއި، ކިހިލިފަތުން އިސްތަށިއުފުރުމާއި ނުވަތަ ބޭހެއް ފަދަ އެއްޗެއް ބޭނުންކޮށްގެން އިސްތަށިތައް ފިލުވާލުމާއި، އަދި އައުރުގުނަވަނުގެ ވަށައިގެންވާ އިސްތަށި [ބޭލުމާއި] އެ އެންމެހާ ކަންތައްތައް ހައިޟު ނުވަތަ ނިފާސްކަމުގެ ދުވަސްވަރުގައި ކުރުމަކީ މައްސަލައެއް ނޫނެވެ. އެއީ ފިރިހެނުން ޖުނުބުވެރިވެފައިވާ ޙާލު އެފަދަކަންތައްތައް ކުރުން ފަދަކަމެކެވެ. ފަހެ މީގެ މަޤްޞަދަކީ ހަމަކަށަވަރުން މިކަންތައްތަކަކީ ޠަހާރަތުގެ މަތީ ހުރެގެން ކުރުން ޝަރުޠުކުރެވިގެންވާ ކަންތައްތަކެއްކަމުގައި ނުވުމެވެ. 

އަންހެނާއަށް އޭނާގެ ނިޔަފަތި ކެނޑިދާނެއެވެ. އަދި އައުރުގުނަވަނުގެ ވަށައިގެންވާ އިސްތަށިތައް ފިލުވައިލެވިދާނެއެވެ. އެއީ ބާލައިގެންވިޔަސް އަދި އެނޫން ގޮތަކުންކަމުގައި ވިޔަސްމެއެވެ. އަދި ކިހިލިފަތުގެ އިސްތަށިތައްވެސް ފިލުވައިލެވިދާނެއެވެ. އެއީ އުފުރައިގެންކަމުގައިވިޔަސް އަދި އެނޫންގޮތަކުން ކަމުގައިވިޔަސްމެއެވެ. އެއީ ޠަހާރަތުގެ މަތީގައި ހުރެގެންކަމުގައިވިޔަސް، ނުވަތަ ހައިޟު ނުވަތަ ނިފާސް ނުވަތަ ޖުނުބުވެރިކަމުގެ  ޙާލުގައި ހުރެގެން ކަމުގައިވިޔަސްމެއެވެ. 

ފިރިހެނުންނަށްވެސް އޮތީ ހަމައެފަދައިންނެވެ. އޭނާއަށް އެފަދަ އިސްތަށިތައް ފިލުވައިލެވިދާނެއެވެ. ޖުނުބުވެރިވެގެންވާ ޙާލުވެސް ކިހިލިފަތުގެ އިސްތަށިތައް އުފުރުމާއި އައުރުގުނަވަނުގެ ވަށައިގެންވާ އިސްތަށި ބޭލުމާއި މަތިމަސްކޮށުމާއި އަދި ނިޔަފަތި ކެނޑިދާނެއެވެ. 

ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒް رحمه الله (ސުޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ)

 

- މަސްދަރު: ދިސަލަފިއްޔާ

 

--

މިއަދު އޮންލައިން