ނަމާދުން ވައްކަންކުރުން: ވައްކަން ކޮށްއުޅޭ މީހުންގެ ތެރެއިން އެންމެ ނުބައި މީހުންނަކީ އެމީހާގެ ނަމާދުން ވައްކަން ކުރާ މީހާއެވެ!": ޝައިޚް މުޙައްމަދު މޫސާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 11ސ
ނަމާދުން ވައްކަންކުރުން: ވައްކަން ކޮށްއުޅޭ މީހުންގެ ތެރެއިން އެންމެ ނުބައި މީހުންނަކީ އެމީހާގެ ނަމާދުން ވައްކަން ކުރާ މީހާއެވެ!": ޝައިޚް މުޙައްމަދު މޫސާ

އަދި އަބޫ ޤަތާދާގެ ކިބައިން އައިސްފައިވާ ރިވާޔަތެއްގައި މިވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރެއްވިކަމަށް. އަބޫ ޤަތާދާ މިވިދާޅުވަނީ ރަސޫލުﷲ ޞައްލަﷲ ޢަލއިހި ވަސައްލަމަ ޙަދީޘްފުޅު ކުރެއްވިކަމަށް -- " ވައްކަން ކޮށްއުޅޭ މީހުންގެ ތެރެއިން އެންމެ ނުބައި މީހުންނަކީ އެމީހާގެ ނަމާދުން ވައްކަން ކުރާ މީހާއެވެ" 

-- " ވައްކަން ކުރާ މީހުންގެ ތެރެއިން އެންމެ ނުބައިކަން ބޮޑުވެގެންވާ މީހަކީ އޭނާގެ ނަމާދުން ވައްކަން ކުރާ މީހާއެވެ." -- " ދެން އެބޭކަލުން ޞހާބީ ބޭކަލުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއޭ" -- "ކިހިނެއްތޯއޭ އޭނަގެ ނަމާދުން ވައްކަންކުރާނީ؟" -- " ކިހިނެއްތޯއޭ މީހަކު އޭނާގެ ނަމާދުގަ ވައްކަން ކުރާނީ؟ ނަމާދަށް ހުރެގެން މީހަކު ވައްކަން ކުރާނެ ގޮތަކީ ކޮބައިތޯއެވެ؟" -- ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަސދީޘްފުޅު ކުރެއްވިއެވެ. --- " ނަމާދުން ވައްކަން ކުރުމަކީ އެނަމާދުގެ ރުކޫޢު ފުރިހަމަ ނުކުރުމެވެ. އަދި ސަޖިދަވެސް ފުރިހަމަ ނުކުރުމެވެ." 

އެހެންވީމާ ޢިލްމުވެރިން މި ވިދާޅުވަނީ މި ޙަދީޘް ބަސްފުޅުންވެސް އެބަ އެނގެއޭ ނަމާދުކުރަން ދަސްކުރަން ޖެހޭނެކަން. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދުގެ ހަރަކާތްތައް ގެންގުޅުއްވި ގޮތް ދަސްކުރަންޖެހޭކަން. ނަމާދަކީ އަޅުގަނޑުމެން ހިތަށް އެރިހާ ގޮތަކަށް ކުރަންއޮތް އަޅުކަމެއް ނޫންކަން. ނަމާދުގެ ކޮންމެ ހަރަކާތެއް، ކޮންމެ ރުކުނެއް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެ ރުކުނެއް އަދާކުރެއްވެވިގޮތް ރަނގަޅަށް އުނގެނި ދަސްކުރަންޖެހޭކަން. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ޙަދީޘްބަސްފުޅުންވެސް އެބަ އެނގިގެންދޭ. 

އެއީ ވައްކަންކުރާ މީހުންގެ ތެރެއިން އެނެމެ ނުބައި މީހުންނަކީ ނަމާދުން ވައްކަންކުރާ މީހާއޭ އެކަލޭގެފާނު ޙަދީޘްކުރެއްވި ހިނދުގައި އަޞްޙާބު ބޭކަލުންނަށް ކުއްލި ހައިރާންކަމެއް މި ލިބިވަޑައިގަތީ. ކިހިނެއްބާއޭ މީހަކު ނަމާދަށް ހުރެ ވައްކަންކުރާނީ. ދެން އެކަލޭގެފާނު އަރިހުގައި ސުވާލު ދެންނެވުމުން ޙަދީޘްފުޅު ކުރެއްވި، 

ނަމާދުން ވައްކަން ކުރުމަކީ އެ ނަމާދުގެ ރުކޫޢު ފުރިހަމަ ނުކުރުމެވެ. އެއީ ނަމާދު ގަ އަދާކުރަންޖެހޭ ޙައްޤު، ނަމާދަށްވެސް އެބައޮތް އަދާކުރަންޖެހޭ ޙައްޤުތަކެއް. ނަމާދުގެ ހުރިހާ ރުކުންތަކެއް ފުރިހަމަ ކުރަންޖެހޭ. އެހެންމަ އެ ޙައްޤުތައް ރަނގަޅަށް ފުރިހަމަ ނުކުރާކަމަށް ވަންޏާ އޭނަގެ ނަމާދު ފުރިހަމަ ވެގެންނެއް ނުދޭ. އެއީ އޭނާއަށް ނަމާދުން ވައްކަންކުރެވެނީ ކަމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާން ކޮށްދެއްވާފަ މިވަނީ. 

- ޝައިޚް މުޙައްމަދު މޫސާ

 

މިއަދު އޮންލައިން