ހެޔޮލަފާ މަންމައަކު އޭނާގެ އަންހެން ދަރިފުޅަށް ދިން އަގުހުރި ނަޞޭޙަތް! ޢަމަލުކޮށްފިނަމަ ފައިދާކުރާނެ ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ހެޔޮލަފާ މަންމައަކު އޭނާގެ އަންހެން ދަރިފުޅަށް ދިން އަގުހުރި ނަޞޭޙަތް! ޢަމަލުކޮށްފިނަމަ ފައިދާކުރާނެ ފިލާވަޅެއް!

އަންހެނުން ޒީނަތްތެރިވުމަކީ ކޮންކަހަލަކަމެއްތޯ؟ 

ތަނަވަސްކަން ހުރި މިންވަރަކުން ޒީނަތްތެރިވުމާއި ރީތި ފޭރާންލުމަކީ ކުރަން އޮތް ކަމެކެވެ. އިސްލާމް ދީންވެސް އެކަމަށް ހިތްވަރުދެއެވެ. އަދި ރިވެތިކޮށް ތިބުމަށް ﷲ ތަޢާލާ ރުހިވޮޑިގެންވެއެވެ. ނަމަވެސް ޤިޔާމަތް ދުވަހު ފައިދާކުރާނީ ހިތާއި ޢަމަލުތައް ރިވެތިކޮށް ޒީނަތްތެރިކުރެވުނުނަމައެވެ. ވީމާ މިއީ އެކުއެކުގައި ކުރިއަށްގެންދަންޖެހޭ 2 ކަމެވެ. އަދި ބޮޑަށް އިސްކަންދޭންވެސް ޖެހޭނީ ހިތާއި ޢަމަލުތައް ރިވެތިކޮށް ޒީނަތްތެރި ކުރުމަށެވެ. 

އޭނާގެ ދަރިފުޅު އެންމެ ބޮޑަށް ސަމާލުކަންދެނީ އޭނާގެ ހަށިގަނޑުގެ ސިފަރީތިކުރުމަށެވެ. ލިބޭ މުސާރައިން ބޮޑުބައެއްވެސް ހޭދަކުރަނީ އެކަމަށެވެ. އެހެންވެ ނަޞޭޙަތުގެ ގޮތުން މަންމަ ބުންޏެވެ. 

"ދަރިފުޅާއެވެ. ދަރިފުޅުގެ ވިސްނުން އަދި ރަނގަޅެއް ނޫނެވެ! އަންހެނާގެ ރީތިކަން ވަނީ އޭނާގެ ބޭރުފުށަކު ނޫނެވެ! އޭނާގެ ހިތުގައެވެ! ތަޤްވާވެރިކަމުގައެވެ! ވީމާ ގައިގެ ކުލަ ދޮންކޮށް ބުރުސޫރަ ރީތިކުރަން ތިއަކުރާ މަސައްކަތުގެ ބަދަލުގައި އީމާންތެރިކަމާ ތަޤްވާވެރިކަން އިތުރުކޮށް ހިތް ރީތިކުރަން މަސައްކަތް ކުރާށެވެ! 

ބޭރުފުށުގެ ރީތިކަން ބޮޑުވިވަރަކަށް ފަހަތުން އަޅައިގަންނަ ފިރިހެނުން ގިނަވެދާނެއެވެ. ނަމަވެސް އެމީހުން ދަރިފުޅާއިއެކު އަބަދަކު ނުތިބޭނެއެވެ. ދަރިފުޅުގެ ތަޤްވާވެރިކަމާއި ހިތް ރީތިކަން އެނގިގެން ދަރިފުޅާއި ގުޅޭ ފިރިހެނުން ދަރިފުޅާއިއެކު ތިބުން ގާތެވެ! ވީމާ މަސައްކަތްކުރަންވީ ހަމަ ތަޤްވާވެރިކަން އިތުރުކުރުމަށާއި ހިތް ރީތިކުރަން ނޫން ހެއްޔެވެ؟" 

ސުވާލުކުރެއްވި ކިޔުންތެރިޔާއަށް މިވަރުން ޖަވާބުލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.

 

  

 

މިއަދު އޮންލައިން