ކޮންމެ ދުވަހަކު أَسْتَغْفِرُ اللّٰهَ 100 ފަހަރު ކިޔުމަކީ ކޮންމެ ދުވަހަކު 100 ފަހަރު ތައުބާވެވުމެވެ. ކޮންމެ ވަޤުތަކު ކިޔުމުންވެސް ރަނގަޅުވާނެއެވެ. ހަމަ އެއާއިއެކު ތައުބާގެ މަތީގަ ދެމިހުންނަން މަސައްކަތްކުރަންވާނެއެވެ. އެއީ ކުރެވުނު ފާފަތަކާއިމެދު ހިތާމަކުރުމާއި، އިތުރަށް ފާފައެއް ކުރެވިދާނެތީ ބިރުވެތިވުމާއި، އިތުރު ފާފައެއް ނުކުރަން ޢަޒުމްކަނޑައަޅައި އެކަމަށް މަސައްކަތްކުރުން ފަދަ ކަންކަން ކުރުމެވެ. ތައުބާވުމަކީ އެއީއެވެ.
---ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުލްލަތީފް
ކޮންމެ ދުވަހަކު، ކިތަންމެ ގިނައިން ތައުބާވުންމަތީގައި ހުންނަ މީހަކަށްވެސް ފާފައެއް ކުރެވިދާނެއެވެ. ކުރެވިއްޖެނަމަ އޮތީ ތައުބާވުމަށް އަވަސްވެގަނެ މިބަޔާންކުރި މަގުން ޢަމަލުކުރުމެވެ. އަދި ވިއްދައިގެން ހެޔޮ ޢަމަލެއްކުރަން ގަދައަޅައި މަސައްކަތްކުރުމެވެ. ވީމާ ފާފައެއް ކުރެވުނީތީ މާޔޫސްވެ ތައުބާވުންމަތީގައި ހުރުން ހުއްޓައިނުލާށެވެ!
ބައެއް ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި މިފަދަ ވަޤުތު ދެމިގެންވާ ޛިކުރުތައް އެއްވަޤުތަކު ކިޔާލަން ބުރަވެއްޖެނަމަ ބަހާލައިގެންވެސް ކީދާނެއެވެ. މުހިންމީ ކިޔައި ޢަދަދު ހަމަކުރުމެވެ. އަދި އިޚްލާޞްތެރިކަމާއިއެކު ކިޔުމެވެ.