އެންމެ ކާމިޔާބުކަމާއިއެކު ކުރިއަރާފައިވަނީ އަނބިންގެ ޚިޔާލުވެސް ހިމަނައިގެން ދެމަފިރިންގެ ބައިވެރިވުން ބާއްވައިގެން ކުރާ ވިޔަފާރިތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
އެންމެ ކާމިޔާބުކަމާއިއެކު ކުރިއަރާފައިވަނީ އަނބިންގެ ޚިޔާލުވެސް ހިމަނައިގެން ދެމަފިރިންގެ ބައިވެރިވުން ބާއްވައިގެން ކުރާ ވިޔަފާރިތައް!

ދިރިއުޅެން ކުރާ މަސައްކަތް ކުރިނާރާތީ ގިނަ ބައަކު ކަންބޮޑުވެއެވެ. ވީމާ ބުނެދެނީ ކުރިއެރުން ހޯދަން ޢަމަލުކުރެވިދާނެ ބައެއް ކަންކަމެވެ. 

އިސްލާމް ދީނަށް ބަލައިފިނަމަ ޤައުމަކީ ޖަމާއަތެކެވެ. މުޖުތަމައުއަކީވެސް ޖަމާއަތެކެވެ. އަދި ޢާއިލާއަކީވެސް ހަމަ ޖަމާޢަތެކެވެ. ވީމާ މުސްލިމުންނަށް އޮތީ ޖަމާޢަތުގެ ގޮތުގައި ކުރިއަށްދާން މަސައްކަތްކުރުމެވެ. ކޮންމެ މީހަކަށް މުޅި މުޖުތަމައުއަށް އެހީތެރި ނުވެވިދާނެއެވެ. ކޮންމެ ކަމެއްގައި މުޖުތަމައުގެ އެންމެން ބައިވެރިވެސް ނުކުރެވިދާނެއެވެ.

ނަމަވެސް ކޮންމެ މީހަކަށްވެސް އެމީހެއްގެ ޢާއިލާ ބައިވެރިކުރުވިދާނެއެވެ. ޚާއްޞަކޮށް ދެމަފިރިންގެ ބައިވެރިވުން ބޭއްވިދާނެއެވެ! އެގޮތުން ބައެއް ޢާއިލާތަކުގައި ކަންކަން ހުންނަ ގޮތުން އަނބިން ލައްވައި މަސައްކަތް ނުކުރުވިދާނެއެވެ. ނަމަވެސް އެމީހުންގެ ޚިޔާލު ހޯދިދާނެއެވެ! ދުނިޔޭގެ އެންމެ ކާމިޔާބު ވިޔަފާރިތަކަށް ބަލައިފި ނަމަވެސް އެންމެ ކާމިޔާބުކަމާއިއެކު ކުރިއަރާފައިވަނީ އަނބިންގެ ޚިޔާލުވެސް ހިމަނައިގެން ދެމަފިރިންގެ ބައިވެރިވުމާއިއެކު ކުރާ ވިޔަފާރިތަކެވެ. 

ޢާއިލީ ދިރިއުޅުމެއް އުޅޭ އެއްވެސް މީހަކު އެމީހާއަށް ޙާޞިލުކުރެވޭ ކާމިޔާބީ ޙާޞިލުކުރެވެނީ ހަމައެކަނި އެމީހާގެ މަސައްކަތުން ކަމަށް ދެކެގެން ނުވާނެއެވެ! ހަމަ އެއާއިއެކު އެކަކު ކަމެއް ކުރަން އުޅޭނަމަ ޢާއިލާގެ އެންމެންވެސް އެމީހަކަށް އެހީތެރިވެދޭން ޖެހޭނެއެވެ. ޚާއްޞަކޮށް ދެމަފިރިން މިކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންވާނެއެވެ!

އެކަކު ކުރާ މަސައްކަތަށް ޢާއިލާގެ އެންމެންގެ އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދޭނަމަ، އެކަމުގައި ބައިވެރިވެ އެހީތެރިވެދީ ހެޔޮ ދުޢާކުރާނަމަ އެކަމުގައި ﷲ ތައާލާ ރަޙްމަތް ލައްވަވައި ބަރަކާތް އިތުރުކޮށްދެއްވަވާނެވެ! އިން ޝާ ﷲ.

އެގޮތަށް އެކަންކަން މިންވަރު ކޮށްދެއްވެވުމަށް އެދޭ މީހާ އެމީހަކު ކުރާ ކަމަކުން ލިބޭ އާމްދަނީއަކުންވެސް އެންމެންނަށް ހިއްޞާކުރަންވާނެއެވެ! ވިޔަފާރިއެއް ނަމަ ރަޖިސްޓްރީ އޮތީ ތިމާގެ ނަމުގައި ކަމަށްވުމުން ލިބޭ ހުރިހާ ފައިދާއަކީ ތިމާގެ އެކަނި މިލްކެއް ކަމަށް ދެކެގެން ނުވާނެއެވެ! ލިބޭ ފައިދާ އެންމެންނާއި ހިއްޞާކުރާނަމަ އެހެން މީހުން ވެސް އެކަމަށް އުފާކޮށް ކުރާ މަސައްކަތްވެސް އިތުރުކުރާނެއެވެ! ހެޔޮ ދުޢާކުރުންވެސް ގިނަކުރާނެއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

 

 

މިއަދު އޮންލައިން