ސުވަރުގެ އެދޭމީހާ ރޭއަޅޫކަމަށް ކަންނެތްނުވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 36ސ
ސުވަރުގެ އެދޭމީހާ ރޭއަޅޫކަމަށް ކަންނެތްނުވާށެވެ!

ސުވަރުގެ ޙާޞިލް ކުރުމަށް ދުނިޔެމަތީގައި އަޅުގަނޑުމެންނަށް ކުރެވިދާނެ ކަންކަމުގެ ތެރެއިން އެންމެ މުހިންމު އެއްކަމަކީ ދަމުނަމާދުކުރުމެވެ. އެހެނީ ސުންނަތް ނަމާދުތަކުގެ ތެރެއިން ﷲ ތަޢާލާގެ ޙަމްރަތުގައި އެންމެ ލޮބުވެތިކަންބޮޑު ނަމާދަކީ ދަމުނަމާދެވެ. 

ﷲ ތަޢާލާ ޛާރިޔާތު ސޫރަތުގެ 17 އަދި 18 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

كَانُوا قَلِيلًا مِّنَ اللَّيْلِ مَا يَهْجَعُونَ ﴿١٧﴾‏ وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ ﴿١٨﴾‏

މާނައީ: "އެއުރެން ނިދައިއުޅުނީ ރޭގަނޑުން ވަރަށްކުޑަ ވަގުތުކޮޅެއްގައެވެ. (17) އަދި އެއުރެން ހާރުދަމުގައި ފާފަފުއްސެވުމަށްއެދި دعاء ކުރެތެވެ. (18)" 

މާތް ﷲއާ ކުއްތަން ވުމާއި، ފާފަތައް ފުހެވިގެން ދިޔުމާއި، ފާފަތައް ކުރުމާ މެދު ހިތުގައި ނަފުރަތު އުފެދުމާއި، އުޚުރަވީ ނިޢުމަތްތަކަށް ޝައުޤުވެރިވުމާއި، ދުޢާތައް އިޖާބަވުމާއި، މޫނު އުޖާލާވުމާއި، ހިތް އަލިވުމާއި، ޝަޚްޞިއްޔަތު ހަރުދަނާވުމާއި އަދި ބަލިތަކަށް ޝިފާލިބުން ފަދަ ކަންކަން ދަމުނަމާދު ކުރުމުގެ ސަބަބުން ލިބިގެންދެއެވެ. 

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ޙަދީޘްފުޅެއްގައިވެއެވެ. 

"يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى إِلَى السَّمَاءِ الدُّنْيَا كُلَّ لَيْلَةٍ حِيْنَ يَبْقَى ثُلُثُ اللَّيْلِ الآخِرُ فَيَقُولُ: مَنْ يَدْعُونِي فَأَسْتَجِيْبَ لَهُ، مَنْ يَسْأَلُنِي فَأُعْطِيَه، مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ"

މާނައީ: " ކޮންމެ ރެއެއްގެ ތިންބައިކުޅަ ފަހު ބައިގައި މާތް ﷲ ދުނިޔޭގެ އުޑަށް ނުޒޫލުވެވޮޑިގެން ބަސްފުޅު ވަޙީކުރައްވާނެތެވެ. ތިމަން އިލާހަށް ދުޢާ ދަންނަވާނީ ކާކު ހެއްޔެވެ؟ ފަހެ، އެ މީހެއްގެ ދުޢާ ތިމަން އިލާހު އިޖާބަކުރައްވައި ހުށީމެވެ. ކަމަކަށް އެދި ތިމަން އިލާހަށް ދަންނަވާނީ ކާކު ހެއްޔެވެ؟ ފަހެ، އެމީހަކު އެދޭ ކަމެއް ތިމަން އިލާހު އެމީހަކަށް ދެއްވާ ހުށީމެވެ. ފާފަ ފުއްސެވުމަށް އެދި ތިމަން އިލާހަށް ދަންނަވާނީ ކާކު ހެއްޔެވެ؟ ފަހެ، އެ މީހަކަށް ތިމަން އިލާހު ފާފަ ފުއްސަވައި ދެއްވާހުށީމެވެ." 

ދަމުނަމާދު ކުރުމަކީ މުއުމިނުންގެ ސިފައެކެވެ. ދަމުނަމާދަކީ ހަމައެކަނި ރަމަޟާން މަހު ކުރަން އޮތް ނަމާދެއް ނޫނެވެ. އަދި ރަމަޟާން މަހު އަޅުކަމުގެ ސަވާބާއި ދަރުމަ އިތުރުވެއެވެ. އެހެންކަމުން ރަމަޟާން މަހު ހެޔޮ ޢަމަލުތައް ކުރުމަށާއި، ދަމުނަމާދު ކުރުމަށް އަޅުގަނޑުމެން މުސްލިމުން އިތުރު ސަމާލުކަމެއް ދެއެވެ. 

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.

«صَلَاةُ اللَّيْلِ مَثْنَى مَثْنَى

މާނައީ: "ރޭގަނޑުގެ ނަމާދުވަނީ ދެ ރަކުޢަތުން ދެ ރަކުޢަތުންނެވެ."

މިއަދު އޮންލައިން