އުހުދުގެ ވާހަކަ ދެކެވޭއިރަށް މުސްލިމުންގެ ހިތަށް ވަންނާނީ އުހުދު ހަނގުރާމައެވެ. އެހަނގުރާމައިގައި މުސްލިމުންނަށް ލިބުނު ބޮޑު ގެއްލުމެވެ. އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ލިބިވަޑައިގެންނެވި ބޮޑެތި އަނިޔާފުޅުތަކެވެ.
އުހުދު ފަރުބަދަ އާއިމެދު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވަވާފައިވާ ބަސްފުޅު ނިކަން ދެކިބަލާށެވެ!
އުހުދު ފަރުބަދައާއި ބެހޭގޮތުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވަވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"އުހުދުފަރުބަދައަކީ އަހަރެމެންދެކެ ލޯބިވާ ފަރުބަދައެކެވެ. އަދި އަހުރެމެންވެސް އުހުދުފަރުބަދަ ދެކެ ލޯބިވަމުއެވެ. އެއީ ސުވަރުގޭގެ ފަރުބަދައެކެވެ."
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް