ޤިޔާމަތް ދުވަހު އެންމެ ގިނަވާނީ ދުރުހެލިވާންޖެހޭ މީހުންނާ އެކުވެރިކަން ބޭއްވުނީތީ ކަރުނައަޅަންޖެހޭނެ މީހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ޤިޔާމަތް ދުވަހު އެންމެ ގިނަވާނީ ދުރުހެލިވާންޖެހޭ މީހުންނާ އެކުވެރިކަން ބޭއްވުނީތީ ކަރުނައަޅަންޖެހޭނެ މީހުން!

މިހާރަކަށް އައިސް ގިނަ ބައަކު ބައިވެރިވާ ތަފާތު ހަރަކާތްތައް ހިންގުން މިދަނީ އިތުރުވަމުންނެވެ. އެކަންކަމުގެ ތެރެއިން ތަފާތު މީހުންނާއި ބައްދަލުވުމުގެ ފުރުޞަތު ލިބެއެވެ. ގިނަ ބައަކާއި ގުޅުން އުފެދެއެވެ. އަދި އެގުޅުން ބަދަހިވެގެންވެސް ދެއެވެ. އެހެންކަމުން ބަލާލަން މި މަސައްކަތްކުރަނީ ގުޅުން ބަދަހިކުރަންޖެހޭނީ ކޮންބައަކާއި ކަމެވެ.

މުސްލިމުންނަކީ ވީހައި ގިނަ ބައަކާއި ގުޅުން އުފައްދަން ޖެހޭ ބައެކެވެ. އެގުޅުން ބަދަހިކޮށް ކުރިއަރުވަން ވެސް ޖެހޭ ބައެކެވެ. އެހެނީ މުސްލިމުންނަކީ ހަމަ އެއް ބައެކެވެ. އެންމެން ގުޅިގެން އެކުގައި އުޅެން ޖެހޭ ބައެކެވެ. އެކަކު އަނެކަކަށް އެހީތެރިވާންވެސް ޖެހޭ ބައެކެވެ.

ކަން މިހެން އޮތް ނަމަވެސް ކުއްލިއަކަށް ބައްދަލުވާ މީހުންނާއި ގުޅުން ބަދަހިކުރަންވާނީ އެއީ ކާކުކަން ވަރަށް ރަނގަޅަށް އެނގިގެންނެވެ. އެއްވެސް މީހަކާއިމެދު ނުބައިކޮށް ވިސްނުމެއް ނެތެވެ. ނަމަވެސް މުސްލިމުން ގުޅުން ބަދަހިކުރަން ޖެހޭނީ އެމީހެއްގެ ދީނީ ކަންކަން ކުރިއަށް ގެންދިއުމުގައި އެހީތެރިވެދޭނެ މީހުންނާއިއެވެ. ދީނުގައި ސާބިތުވުމަށް ހިތްވަރުދޭ މީހުންނާއިއެވެ. މިކަންކަމަށް ނުވިސްނައި ގުޅުން ބަދަހިކުރުމަކީ ކިތަންމެ ބޮޑު ގެއްލުމެއްވެސް ލިބިދާނެ ކަމެކެވެ.

މީހުންނާއި ގުޅުން ބަދަހިކުރާއިރު ބަލަންވީ އެމީހެއްގެ ކިބައިން ލިބިދާނެ މާލީ މަންފާއަކަށް ނޫނެވެ! މަތިވެރި މަޤާމަކަށްވެސް ނޫނެވެ. ބަލަންވީ އެމީހާގެ ސަބަބުން ތިބާގެ ދީންވެރިކަމަށް ލިބިދާނެ ގެއްލުމަށާއި ލިބިދާނެ ކުރިއެރުމަށެވެ! މި ދެ ކަންތަކަށް ނުބަލައިފިނަމަ އެ ހޯދެނީ އެމީހެއްގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތައް ވެސް ލިބިދާނެ މީހެއްކަން ޤަބޫލުކުރާށެވެ! އަދި އެއީ ވަރަށް ބޮޑަށް ސަމާލުކަންދޭން ޖެހޭނެ، ބިރުވެތިވެސް ވާންޖެހޭނެ ކަމެކެވެ.

އެހެނީ ޤިޔާމަތް ދުވަހު ނަރަކައަށް ވަންނަން ޖެހޭނެ މީހުންގެ ތެރޭގައި ނުބައި އެކުވެރިން ޚިޔާރު ކުރެވުނު ގިނަ ބައަކު ހިމެނިގެންދާނެއެވެ!

މިއަދު އޮންލައިން