މަރުގެ މަލާއިކަތާ ތިބާއާ ބައްދަލުކުރައްވަވާނީ ތިބާ ބޭނުންވި ސިފައިގަ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
މަރުގެ މަލާއިކަތާ ތިބާއާ ބައްދަލުކުރައްވަވާނީ ތިބާ ބޭނުންވި ސިފައިގަ!: މުފްތީ މެންކް

މަރު ހިއްޕަވަން މަރުގެ މަލާއިކަތާ ވަޑައިގަންނަވާނީ 2 ސިފައެއްގައެވެ. ފުރަތަމަ ސިފައަކީ ވަރަށް މާތް ސިފައެވެ. އެ ސިފައިގައި ފެނިއްޖެނަމަ އެމީހަކަށް އުފާވެރިކަން ހުއްޓެވެ. ދެވަނަ ސިފައަކީ ވަރަށް ބިރުވެރި ސިފައެކެވެ. އެ ސިފައިގައި ފެނިއްޖެ މީހަކަށް ގެއްލުމާއި ހަލާކު ހުއްޓެވެ!

ހިތާމައަކީ އަހަރެމެންނަށް މިކަންކަން ޤަބޫލު ނުކުރެވޭ ކަމެވެ. މަރަށް ތައްޔާރުވާން މަސައްކަތް ނުކުރެވޭ ކަމެވެ. ތައުބާވެ ހެޔޮ އަމަލުތައް ކުރަން ފެށުން ލަސްކުރެވޭ ކަމެވެ. މަރުގެ މަލާއިކަތާ ބިރުވެރި ސިފައިގައި ފެނުމުން ބިރުން ތެޅިގެންފައި ތައުބާވާން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެކަމެއ ނުކުރެވޭނެއެވެ! އެއިރު ތައުބާވުމުގެ ދޮރު ވާނީ ބަންދުކުރައްވަވާފައެވެ!

މީސްތަކުންނޭވެ! މާޔޫސް ނުވާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުން ތެދުމަގު ދައްކަވައިދެއްވެވުމަށް ގިނަގިނައިން އެދޭށެވެ! އަދި އެކަމަށް ގަދައަޅައި މަސައްކަތްކުރާށެވެ! އެކަމަށް މަސައްކަތްކުރާ މީހުންނަށް ﷲ ތަޢާލާ ތެދުމަގު ދައްކަވާނެތެވެ!

އިންސާނާގެ ފުރާނަ ދެ ގޮތަކުން އިންސާނާ އާއި ވަކިކުރައްވަވައެވެ. ފުރަތަމަ ގޮތަކީ ނިދީގައެވެ. ނިދީގައި އެމީހެއްގެ ފުރާނަ ނުހިއްޕަވައިފިނަމަ އެކަން ވާނީ ވަގުތީ ކަމަކަށެވެ. މާނައަކީ އެނބުރި ހޭލެވޭނެއެވެ. ދެވަނަ ގޮތަކީ އެމީހެއްގެ ފުރާނަ ހިއްޕެވުމެވެ. އެއީ މީސްތަކުން އެންމެ ބޭނުން ނުވާނެ ކަންތަކެވެ. އެހެނަސް ކޮންމެ މީހަކަށްވެސް ކުރިމަތިލާންޖެހޭނެ ކަމެކެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން