ދަރިންނަކީ އަމާނާތެކެވެ. އެއަމާނާތަށް ރައްކައުތެރިވެއްޖެނަމަ އެދަރިން ބަދަލުވެގެންދާނީ ކިތަންމެ ވަރަކަށް ކޮނެގެން ނެގިޔަސް ހުސްނުވާނެ އަގުހުރި ޚަޒާނާއަކަށެވެ. ނަމަވަެސް ބައެއް ޝަރުޠުތަކާއިވެސް އެކުގައެވެ.
އެގޮތުން ފުރަތަމަ ކަމަކަށް ސުވަރުގެ ލިބިގަތުމަށް މައިންބަފައިން މަސައްކަތްކުރަންވާނެއެވެ. ދަރިންނަށް ކާންދޭ ތަކެއްޗަކީ ޙަލާލްތަކެތިކަމުގައި އަދި ޙަލާލް ގޮތުގައި ހޯދާފައިވާ ތަކެތިކަން ކަށަވަރުކުރާށެވެ! ހަމައެއާއިއެކު ތިމާވެސްކައިބޮއިހަދަނީ އެފަދަތަކެތިކަން ކަށަވަރުކުރާށެވެ!
ދެވަނަ ކަމަކަށް ދަރިންނަށް ދީން އުނގަންނައިދޭށެވެ! އަދި ދަރިންނަކީ ނަމާދަށް ރައްކައުތެރިވާ އަދި ނަމާދުކުރުމަށް ލޯބިކުރާ ބައެއްގެ ގޮތުގައި ތަރުބިއްޔަތުކުރާށެވެ! އަދި މިފަދަ ދުޢާތައް ކުރުން ގިނަކުރާށެވެ!
"ޔާ ﷲ! އަޅަމެންނާއި އަޅަމެންގެ ދަރިންނަކީ ކުރާ ކޮންމެ ކަމެއްގައިވެސް އިނބަ ﷲ މަގު އިޚްތިޔާރުކުރާ ތަޤްވާވެރިން ކަމުގައި ލައްވަވައި ދެއްވަވަވާނދޭވެ! އަދި އަޅަމެންގެ ދަރިންނަކީ އަޅަމެން މަރުވުމުން ވެސް އިސްލާމް ދީނުގައި ސާބިތުވެ ތިބޭ ބައަކުކަމުގައްޔާއި އަޅަމެންނަށްޓަކައި ހެޔޮ ދުޢާ ކޮށްދޭނެ ބައަކު ކަމުގައި ލައްވަވައި ދެއްވަވާނދޭވެ! އާމީން.
ހުސްނުވާނެ ޚަޒާނާއަކީ އެކުދިން ކުރާ ދުޢާއެވެ. އެކުއްޖެއްގެ މައިންބަފައިންނަށްޓަކައި ވީހާ ގިނައިން ވީހާ ގިނައިން ދުޢާކުރަމުން ގެންދަންވީއެވެ. ދުޢާކުރިވަރަކަށް ސުވަރުގޭގައި ަމއިންބަފައިންގެ ދަރަޖަ ދާނީ އުފުލެމުންނެވެ. އެއަށްވުރެ ބޮޑު އުފަލަކީ ކޮބައިހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން