ބޮޑެތި ކާމިޔާބީތައް ޙާޞިލުކުރަން ފަސޭހްވެފަ ލިބޭ ފައިދާ އެންމެބޮޑުވާނެ ގޮތް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ބޮޑެތި ކާމިޔާބީތައް ޙާޞިލުކުރަން ފަސޭހްވެފަ ލިބޭ ފައިދާ އެންމެބޮޑުވާނެ ގޮތް!: މުފްތީ މެންކް

އަހުރެމެންގެ ތެރެއިން ގިނަ ބައަކަށް އެންމެ ބޮޑަށް ސަމާލުކަން ދެވެނީ ތިމާ ޙާޞިލުކުރަން ބޭނުންވާ ކަންކަމުގެ ތެރެއިން ޙާޞިލުނުކުރެވި ހުންނަ ކަންކަމަށެވެ. ﷲ ތަޢާލާ ތިމާއާއި ޙަވާލުކުރައްވަވާފައިވާ ވާޖިބުތަކުގެ ތެރެއިން އަދާނުކުރެވި ހުންނަ ކަންކަމުގެ ޢަދަދާއިމެދު ވިސްނައިވެސް ނުލެވެއެވެ.

ދިރިއުޅުމުގައި ހަމަޖެހުމެއް ނުލިބޭ އެންމެ ބޮޑު އެއް ސަބަބަކީ ޙާޞިލުކުރަން ބޭނުން ކަންކަން ގިނަކުރުމެވެ. ކޮންމެ ގޮތަކުން ނަމަވެސް ވަކި ކަންތައްތަކެއް ޙާޞިލުކުރަން ބޭނުންވެވުމެވެ. ޙާޞިލުކުރަން ބޭނުންވާ ކަންކަން ޙާޞިލުކުރަން މަސައްކަތް ކުރުމުން ވެސް ޙާޞިލު ނުކުރެވުނު ނަމަ އެކަން ދޫކޮށް އެހެން ކަމަކާއިމެދު ވިސްނަން ފެށުމުގެ ފިކުރު ނުގެންގުޅެވޭ ކަމެވެ.  

ޙާޞިލުކުރަން ކުރިން މަސައްކަތްކުރި ކަންކަން ޙާޞިލުނުވެ ހުއްޓައި ކޮންމެ ދުވަހަކު އިތުރު ކަންތައްތަކެއް ޙާޞިލުކުރަން މަސައްކަތް ފެށުމުގެ ވިސްނުން ދޫކޮށްލާށެވެ! ޙާޞިލު ނުކުރެވި ހުރި ކަންކަމުން ބައެއް ސިކުނޑިން ފުހެލައި ސިކުނޑިއަށް ލުއިކަން ދޭށެވެ! ނޫން ނަމަ ސިކުނޑިއަށް ބުރަ ބޮޑުވަމުން ގޮސް ލޯޑް މާމަތިވެ ފިޔުޒް ހިނގައިދާނެއެވެ! ޞިއްޙީ ގޮތުން ބުނާނަމަ ސްޓްރޯކެއްވެސް ޖެހިދާނެއެވެ.  

ހުރިހާ ވަސީލަތްތައް އަތުގައި ހުރެފައި ކިތަންމެ ބޮޑަށް ބޭނުންވި ނަމަވެސް ކުރަން ބޭނުން ހުރިހާ ކަމެއް ހާޞިލުކުރުމަކީ ހަމައެކަކަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ. ވީމާ ތިމާޢަށް ޙާޞިލުކުރެވޭނެ ވަރަށް ކަންކަން ޙާޞިލުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! އެއިރުން ފަރުޟުތައް އަދާކުރާނެ ވަގުތުވެސް ހޯދޭނެއެވެ. ޢާއިލާ އާއިއެކު ވަގުތު ހޭދަކުރާނެ ފުރުޞަތުވެސް ހޯދޭނެއެވެ. ލިބޭ ނިޢްމަތްތައްވެސް އިތުރުވާނެއެވެ! އިން ޝާ ﷲ 

މުސްލިމުންނަކީ ކޮންމެ ދުވަހަކުވެސް ވަކި ކަންތައްތަކެއް ކުރަން ޖެހޭ ބައެކެވެ. ފަރުޟުތައް އަދާކުރަން ޖެހޭ ބައެކެވެ. އެކަން ނުކުރެވޭނަމަ އެމީހާގެ ޙަޔާތް އެދަނީ ފޭލިވަމުންނެވެ. ގިނަ ބއަކު ފޭލިވަމުންދާ އެންމެ ބޮޑު އެއް ސަބަބަކީ ކުރަން ބޭނުންވާ ކަންކަން ނުވަތަ މަސައްކަތް ގިނަވުމެވެ. ޙާޞިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ގިނަވުމުން އަޅުކަން ކުރަން ވަގުތު ދިނުން އުނދަގޫ ކަމަކަށްވުމެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން