ހިތްދަތިވާ ކަންކަން ކުރިމަތިވާނެއެވެ. އަދި ލިބޭ ހިތާމަ ބޮޑުކަމުން ކެތްތެރިވާން އުނދަގުވާ ކަންކަންވެސް ކުރިމަތިވާނެއެވެ. އެކަންކަން މެދުވެރިވުމުން އިސްތިސްނާވާނެ ހަަމއެކަކުވެސް ނުހުންނާނެއެވެ. އެހެންކަމާއިއެކުގައިވެސް މުސްލިމުން ހިފަހައްޓަންޖެހޭ އިންތަކެއްވެއެވެ.
މީހަކަށް ކުރިމަތިވާނެ އެންމެ ބޮޑު މުޞީބާތާއި ލިބޭނެ އެންމެ ބޮޑު ދެރައަކީ ކޮބައިކަން ބުނެދޭން މަސައްކަތްމިކުރަނީ ޙަދީޘްފުޅުތަކުންނެވެ.
"(ހިތާމައެއް މެދުވެރިވުމުން) ކޯތާފަތުގަ ތަޅާ މީހުންނާއި، ކަރުވަޅު ވީދާ މީހުންނާއި، ޖާހިލިއްޔަ ޒަމާނުގެ ގޮވެލިފަތި ގޮވާ މީހުންނަކީ ތިމަންމެން އުޅޭ ގޮތަށް އުޅޭ ބައެއް ނޫނެވެ!" "...ހަމަކަށަވަރުން ރަސޫލް (ﷺ) ވަނީ (މުޞީބާތެއް ޖެހުމުން) އަޑުލާ ރޯ މީހާ އާއި ހެދުން ވީދާ މީހާގެ ކިބައިން ބަރީޢަވެވަޑައިގެންފައެވެ!" (ޞަޙީޙް ބުޚާރީ: 1296، 1294)
އެމީހަކީ އެމީހެއްގެ ކިބައިން ރަސޫލް ޞއްލަﷲ ޢަލައިހި ވަސައްލަމަ ބަރީޢަވެވަޑައިގެންފައިވާ މީހަކު ކަމުގައިވެއްޖެނަމަ އެމީހާގެ ޙާލަކީ ކޮބައިހެއްޔެވެ؟ އޭނާއަށް ލިބޭނީ ކޮން ކާމިޔާބީއެއް ހެއްޔެވެ؟ އާޚިރަތް ދުވަހު އެމީހެއްގެ ޙާލަކީ ކޮބައިހެއްޔެވެ؟
ވީމާ ކިތަންމެ ބޮޑު މުޞީބާތެއް ކުރިމަތިވިނަމަވެސް، ކިތަންމެ ބޮޑު ހިތާމައެއް ކުރިމަތިވިނަމަވެސް އެމީހާގެ ޢަމަލުތައް މިޙަދީޘްފުޅުގައިވާ އިންތަކުގައި ބަހައްޓަން ގަދައަޅައި މަސައްކަތްކުރާށެވެ! ކެތްތެރިވާން މަސައްކަތްކުރާ އަޅުންނަށް އެކަން ހިންމަވައިދެއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން