ދަތުރެއްގެ މަތީގަ އުޅޭ މީހަކަށް ނަމާދު ޤަޞްރުކޮށް ޖަމްޢުކޮށް ކުރެވޭނެ މުއްދަތު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ދަތުރެއްގެ މަތީގަ އުޅޭ މީހަކަށް ނަމާދު ޤަޞްރުކޮށް ޖަމްޢުކޮށް ކުރެވޭނެ މުއްދަތު-

ބޭސްފަރުވާއަށް ފަދަ ކަމަކު ރާއްޖެއިން ބޭރުގައިއުޅެންޖެހިފައިވާ މީހަކަށް ނަމާދު ޤަޞްރުކޮށް ޖަމްޢު ކޮށް ކުރެވޭނީ ކިތައް ދުވަސްވަންދެން ނުވަތަ ކިހައި މުއްދަތަކަށް ކަމާއިމެދު ކުރެވޭ ސުވާލަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވާފައިވާ ޖަވާބަކީ "ދަތުރު ނިމެންދެން ދަތުރުވެރިއަކަށް ލިބިފައިވާ ލުއިތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭނެ" ކަމަށެވެ.  

ވީމާ ދަތުރެއްގެ މަތީގައި އުޅުނަސް ނަމާދުކުރާށެވެ! ލިބިފައިވާ ލުއިފަސޭހަތަކުގެ ބޭނުންހިފާށެވެ! އެއީ މައްސަލައެއް ނޫނެވެ. މައްސަލައަކަށްވާނީ ނަމާދުނުކުރުމެވެ.  

ގިނަ ބައަކަށް މިއަދު ބެލެނީ ނަމާދުނުކޮށް ހުރެވޭނެ ޢުޛުރެއް ފެނޭތޯއެވެ. ނަމާދު އެޅުން ހުއްދަވާނީ 2 ސަބަބެއް މެދުވެރިވެގެންނެވެ. އެއީ ހަނދާން ނެތުމާއި ނިދާފައި އޮތުމެވެ. ވަޤުތު ވަދެ އަދި ފާއިތުވެގެންދިއައިރުވެސް ނިދާފައި އޮވެވުމެވެ. އެޙާލަތުގައި އޮތީ ހަނދާންވުމުންނާއި ނިދީން ހޭލެވުމުން ނަމާދުކުރުމަށް އަވަސްވެގަތުމެވެ.  

ނަމާދުކުރަން އޮތީ ތަރުތީބުންނެވެ. ވީމާ ބޭނުން ނަމާދެއްކޮށްފައި ކުރަން ބޭނުން ނުވުމުން ނުކުރާނަމަ އެމީހަކީ ނަމާދު ޤާއިމްކުރާ މީހަކަށް ނުވާނެއެވެ.

މިއަދު އޮންލައިން