ﷲ ތަޢާލާގެ ޙަޟްރަތުން ރަހްމަތަށް އެދޭމީހާ މި 2 ކަންތަކުގައި ޘާބިތުވެއްޖެނަމަ އެމީހަކަށް ދުނިޔެއާ އާޚިރަތުގަވެސް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ﷲ ތަޢާލާގެ ޙަޟްރަތުން ރަހްމަތަށް އެދޭމީހާ މި 2 ކަންތަކުގައި ޘާބިތުވެއްޖެނަމަ އެމީހަކަށް ދުނިޔެއާ އާޚިރަތުގަވެސް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ: މުފްތީ މެންކް

މިތަނަށް އެއްވެ މިތިބަ އެންމެންނަކީވެސް ﷲ ތަޢާލާގެ ރަޙްމަތަށް އެދިގެން އައިސްތިބި ބައެކެވެ. އެހެނީ މުސްލިމުން ދަރުސްތައް އަޑުއަހަނީ އެމީހުންގެ ޢަމަލުތައް އިޞްލާޙްކުރުމަށެވެ. ނުއެނގޭ ކަންކަން ދަސްކުރުމަށެވެ. އަޅުކަންކުރުން އިތުރުކުރުމުގެ ހިތްވަރު ލިބިގަތުމަށެވެ. އަޅުކަން ކުރުން އިތުރުކުރަން ބޭނުންވާތީއެވެ.  

އެންމެހައި މީސްތަކުންނޭވެ! އަހުރެމެން އެންމެންގެވެސް އެންމެ ބޮޑު އުންމީދަކީ ކޮންމެ މީހަކީވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންވާ މީހަކު ކަމުގައިވުމެވެ. ﷲ ތަޢާލާ ހެޔޮ ރަޙްމަތް ލައްވަވާ މީހަކަށްވުމެވެ.  

އެކަންކަން ޙާޞިލްލުރެވެން އޮތް މަގުވެސް ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފައެވެ. އެއީ ތަޤްވާވެރިކަން އިތުރުކުރުމެވެ. ތަޤްވާވެރިކަން އިތުރުކުރަން ކުރަން މިޖެހެނީ 2 ކަމެކެވެ. ފުރަތަމަ ކަމަކީ ﷲ ތަޢާލާގެ އެންމެހައި އަމުރުފުޅުތަކަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިވުމެވެ. ކުރުމަށް އަންގަވާފައިވާ ކުރަމުން ގެންދިއުމެވެ. 2 ވަނަ ކަމަކީ ނުކުރަން އަންގަވާފައިވާ އެއްވެސް ކަމެއް ނުކުރުމެވެ.  

ﷲ ތަޢާލާގެ ޙަޟްރަތުން ރަހްމަތަށް އެދޭމީހާ މި 2 ކަންތަކުގައި ޘާބިތުވާށެވެ! އެމީހަކަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. ގިނަގިނައިން އަޅުކަންކުރުމުގެ ހިތްވަރު ދެއްވަވާނެތެވެ. ދުނިޔޭގައިވެސް އުފާވެރިކަން ދެއްވަވާނެތެވެ. އާޚިރަތުގައި ބާއްޖަވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ  

- މުފްތީ މެންކުގެ ދަރުސަކުން  

މިއަދު އޮންލައިން