އަނބިމީހާގެ ކިބައިން ކުށެއް ފެންނައިރަށް ބާރު އޮންނާތީ ވަރިކޮށްލާއިރު އަނބިމީހާ ހުންނަނީ ފިރިމީހާގެ ކިތައް ކުށަށް ކެތްތެރިވެގެން ކަމާމެދު ވިސްނާލާނެނަމަ--

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
އަނބިމީހާގެ ކިބައިން ކުށެއް ފެންނައިރަށް ބާރު އޮންނާތީ ވަރިކޮށްލާއިރު އަނބިމީހާ ހުންނަނީ ފިރިމީހާގެ ކިތައް ކުށަށް ކެތްތެރިވެގެން ކަމާމެދު ވިސްނާލާނެނަމަ--

"ކައިވެނިކޮށް 5 އަހަރު އެކުގައި ދިރިއުޅުނު ފަހުން އަޅުގަނޑަށް ކުރެވުނު ކުޑަކުޑަ ކަމެއް އެއީ ވަރަށް ބޮޑު ކަމަކަށް ހަދައި އަޅުގަނޑު މިވަނީ ވަރިކޮށްލައިފައެވެ. އަޅުގަނޑުގެ ފިރިމީހާ ބޮޑެތި އެތައް ކުސްތަކެއް ކުރިއެވެ. ޚިޔާނާތްތެރިވެސްވިއެވެ. ނަމަވެސް އަޅުގަނޑު މަސައްކަތްކުރީ ވިސްނައިދީގެން އެކުގައި އުޅެވޭތޯއެވެ. ކެތްތެރިވިކަމުގެ އަގަކަށް އަޅުގަނޑަށް މިޖެހުނީ ކަރުނައަޅާށެވެ!"

ކިޔުންތެރިޔާ ސުވާށލެއް ނުކުރައްވައެވެ. ފައުޅުކުރެއްވީ ޝުޢޫރެކެވެ. ދަންނަވާލަން އޮތީ ދެންވެސް ކެތްތެރިވެލައްވާށެވެ! ދެއްވަވާ ނިޢުމަތް މާބޮޑުވާނެއެވެ. މާއުފާވެރި ދިރިއުޅުމެއް ދެއްވަވާނެއެވެ. އިން ޝާ ﷲ

ތިރީގައިވާ ލިޔުމަކީ ފައިދާކުރާނެ ލިޔުމެކެވެ.

މިއީ ބަހުސްކުރަން ނުވަތަ ވާހަކަ ދައްކަން ގިނަ ބައަކު ޖެހިލުންވާ މައުޟޫއެކެވެ. ނަމަވެސް މިއީ ކޮންމެހެން ވާހަކަދައްކަން ޖެހިފައިވާ މައުޟޫއަކަށްވުމުން ކޮންމެވެސް އެއްޗެއް ބުނެލާނަމެވެ.

ވަރިކުރުމުގެ ބާރު ފިރިހެނުންގެ އަތުގައި އޮންނާތީ އަނބިމީހާގެ ކިބައިން ކިތަންމެ ކުޑަ ކުށެއް ފެނުނު ނަމަވެސް އެބަ ވަރިކޮށްލައެވެ. އެފަދަ ފިރިހެނުންނަށް އަހުރެން ކޮށްލަން ބޭނުންވަނީ ފުރަތަމަ ކަމަކަށް ތިމާ މިހުރީ ހަމަ އެއްވެސް ކުށެއް ނުކޮށް ކަމާއިމެދު ވިސްނައިލަމު ހެއްޔެވެ؟ އަނބިމީހާ އެއިންނަނީ ތިބާގެ ކިތައް ކުށަށް ކެތްތެރިވެގެންކަން ބުނަން އެނގިދާނެ ހެއްޔެވެ؟

މަޝްހޫރު ޢިލްމުވެރިޔާ މުފްތީ މެންކުގައި ވިދާޅުވެފައިވެއެވެ. "ރަން ފޮތްޗެއް ނަޖިސް ތަނަކަށް ވެއްޓިއްޖެނަމަ ހަދާނީ ކިހިނަކުން ހެއްޔެވެ؟ ސުވާލުގެ ޖަވާބަށް ވާނީ ރަނގަޅު މީހަކަށް ކުށެއް ކުރެވިއްޖެނަމަ ވެސް އެމީހަކާއިމެދު ޢަމަލުކުރަންވީ ގޮތެވެ!"

މިއީ ހަމަ ކޮންމެ ދެމަފިރިއަކު ވެސް ވިސްނައިލުން ވަރަށް މުހިންމު ކަމެކެވެ. ކިތަންމެ ރަނގަޅު ފިރިއެއް ނަމަވެސް އަދި އަންތބެއް ނަމަވެސް ކުށެއް ކުރެވިދާނެއެވެ. އެހިސާބުން އޭނާ ދޫކޮށްލައި ކައިވެނި ރޫޅާލަންވީއެއް ނޫނެވެ. މައްސަލަ ޙައްލުކޮށް ހަމަ ޙައްޤު މަޤާމު ދީގެން އެކުގައި ދިރިއުޅެން މަސައްކަތްކުރަންވީއެވެ! އެހިސާބުން އޮތީ އެމީހާ ބާކީކޮށް އެއްލައިލުން ނޫން ކަމާއި ކުރެވުނު ކަންތައް ނުވަތަ ކުށް އޭނާއަށް ވިސްނައިދީ އިޞްލާޙްކުރުވައިގެން އޭނާގެ ބޭނުން ހިފުންކަމާއި އެންމެ ފައިދާހުރި ގޮތަކީ އެއީ ކަމަށް އެންމެންވެސް ޤަބޫލުކުރެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން