ހިތަށް ޙަޤީޤީ ހިތްހަމަޖެހުމާ އުފާވެރިކަން ލިބެން އޮތް ހަމައެކަނި މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ހިތަށް ޙަޤީޤީ ހިތްހަމަޖެހުމާ އުފާވެރިކަން ލިބެން އޮތް ހަމައެކަނި މަގު-

 

ތިމާއަށް ބޭނުންވާ ހިތްހަމަޖެހުން ހޯދަން މީހުން ތަފާތު ކަންކަން ކުރެއެވެ. އެފަދަ ކަންކަން ކުރަމުން ގޮސް ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަންވެސް އެބަކުރެއެވެ. ނަމާދުނުކޮށް ތިބެ ބޭސްގުޅައަކަށްވެސް އެބަ ބަރޯސާވެއެވެ. ނޫންނަމަ ހީނ މަޖާކޮށް ހެދުމުން ހިތްހަމަޖެހުން ލިބޭނެ ކަމަށް އެބަ ޤަބޫލުކުރެއެވެ. ޕާޓީކުރުމުން ހިތްހަމަޖެހުން ލިބޭނެ ކަމަށް އެބަ ޤަބޫލުކުރެއެވެ.

އަހުރެން ގޮންޖަހާފައި ބުނަމެވެ. މިއިން އެއްވެސް ކަމަކުން ޙަޤީޤީ ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. ކޮންމެވެސް ވަރަކަސް ވަގުތީ އުފަލެއް ލިބިދާނެއެވެ. އަދި ގިނަފަހަރަށް އޮންނާނީ ފަހުންކުރަންޖެހޭ ހިތާމަ މާބޮޑުވެފައެވެ.

ހަށިގަނޑުގައިވާ ހިތް ހިމެނޭ ގޮތުން އަހަރެމެންގެ މުޅި ނަފްސަކީވެސް ﷲ ތަޢާލާގެ މިލްކެކެވެ. ހިތްވެސް އުފެއްދެވީ ﷲ އެވެ. ހިތަށް އުފާވެރިކަން ލިބޭނީވެސް ހަމަ ﷲ ތަޢާލާ ދެއްވެވުމުންނެވެ.

ހިތަށް އުފާވެރިކަމާއި ހަމަޖެހުން ލިބުމާއިމެދު ހިތުގެ މިލްކުވެރިކަން ލިބިވޮޑިގެންވާ، ހިތަށް އުފާވެރިކަމާއި ހިތްހަމަޖެހުން މިންވަރު ކުރައްވަވާ ﷲ ތަޢާލާގެ ވަޙީބަސްފުޅު މިއޮތީއެވެ!

"އެއުރެންނީ، އީމާންވި މީހުންނެވެ. އަދި ﷲ ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟" (އައްރަޢްދު: 28) ﷲ ގެ

މި ވަޙީ ބަސްފުޅު ދޫކޮށްލައިގެން ހިތަށް ހަމަޖެހުމެއް ނުހޯދޭނެއެވެ. މިއީ ހިތަށް ހަމަޖެހުން ދެއްވަވާ ﷲ ގެ ނިންމެވުމެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން