އަންހެނުން މީރުވަސްދުވާ ސެންޓް ޖެހުން މަނާކުރަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 51ސ
އަންހެނުން މީރުވަސްދުވާ ސެންޓް ޖެހުން މަނާކުރަނީ ކީއްވެ؟

އަންހެނުން މީރުވަސްދުވާ ސެންޓް ޖެހުން މަނާކުރަނީ ކީއްވެ؟ 

ކިޔުންތެރިޔާގެ ސުވާލުގެ ޢިބާރާތް ތަފާތު ނަމަވެސް މި މައްސަލައަކީ ތަކުރާރުކޮށް ސުވާލުތައް ލިބެމުން އަންނަ މައްސަލައެކެވެ. ކިޔުންތެރިޔާގެ ސުވާލަށް ފުރަތަމަ ބުނަން އޮތީ އަންހެނުން މީރުވަސްދުވާ ސެންޓް ޖެހުން މަނައެއް ނޫނެވެ. މަނައީ ހިލޭ ފިރިހެނުންނަށް ވަސްދުވާވަރަށް ސެންޓުޖަހައިގެން ގެއިން ބޭރުގައި އުޅުމެވެ. ވީމާ ޖަވާބު މިދެނީ އެކަމަށެވެ. ހިލޭ ފިރިހެނުންނަށް ވަސްދުވާވަރަށް ސެންޓުޖަހައިގެން ގެއިން ބޭރުގައި އުޅުމަށެވެ. 

މީގެ ކުރިންވެސް ކިޔުންތެރިއަކު މިފަދަ ސުވާލެއް ކުރެއްވުމުން ދިން ޖަވާބާއި ގުޅިގެން ބައެއް ކިޔުންތެރިން ވަނީ ރުޅިގަދަވެ ނުރުހުން ފައުޅުކުރައްވާފައެވެ. އެކަން ފާހަގަކުރަމުންވެސް ދަންނަވާލަން އޮތީ ހަމަ އެއް ޖަވާބެކެވެ. ޖަވާބަށް ދިއުމުގެ ކުރިންވެސް ތަކުރާރުކޮށްލަން ޖެހެނީ ޙަދީޘްފުޅުން ފެނި ޘާބިތުވާން އޮންނަ ކަމަކަށް ޙަދީޘްފުޅުގައި ނެތް ގޮތަކަށް ޖޢިލްމުވެރިން ޖަވާބެއް ނުދެއްވަވާނެއެވެ. ޢަމަލުކުރުމާއި ނުކުރުމަކީ ހަމަ އެމީހެއްގެ އިޚްތިޔާރުގައި އޮތް ކަމެކެވެ. 

ފުރަތަމަ މިބަޔާންކުރަނީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފްގެ ބަސްފުޅެކެވެ. 

"އަންހެނުން ބޮޑަށް ރަނގަޅީ ގޭގައި ނަމާދުކުރުމެވެ. މިސްކިތަށް ދިއުމަކީވެސް މައްސަލައެއް ނޫނެވެ. ނަމަވެސް ބޭރަށް (ގެއިން) ނުކުންނައިރު ހިލޭ ފިރިހެނުންނަށް ވަސްދުވާގޮތް ހަދައިގެން ނުވާނެއެވެ!" ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ މީހަކު " އަންހެނުން ސެންޓުޖަހައިގެން މިސްކިތަށް ދިއުމަކީ ބޮޑު ފާފައެއްތޯ؟" މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ. 

ޑރ. އިޔާޟްގެ މި ޖަވާބުން އެނގިގެންދަނީ މިސްކިތަށް ދާންވެސް އަދި އެހެން ތަނަކަށް ދާންވެސް ބޭރަށް (ގެއިން) ނުކުންނައިރު ހިލޭ ފިރިހެނުންނަށް ސެންޓުވަސްދުވާގޮތް ހަދައިގެން ނުވާނެ ކަމެވެ. ސެންޓުޖަހައި ވަސްދުއްވައިގެން ނުވާނެ ކަމެވެ. 

ދެން މިބަޔާންކުރަނީ މައްސަލައާއި ގުޅުންހުރި ބައެއް ހަދީޘްފުޅުތަކެވެ.   

Abu Musa reported: The Prophet, peace and blessings be upon him, said,

“Every eye can commit adultery. The woman who adorns herself with fragrances and passes by an assembly of men is as such,” meaning an adulteress.

Source: Sunan al-Tirmidhī 2786

Grade: Hasan (fair) according to Al-Albani  

އެކުލެވިގެންވާ މާނައިން އެނގެނީ ހިލޭ ފިރިހެނުންނަށް ވަސްދުވާވަރަށް ސެންޓު ޖަހައި ހިލޭ ފިރިހެނުންނަށް ވަސްދުއްވުމަކީ ޒިނޭކުރުން ފަދަ ކަމެއް ކަމަށެވެ. މިޙަދީޘްފުޅަކީ އިމާމް ތިރްމިޛީގެ 2786 ނަންބަރު ޙަދީޘްއެވެ. ޙަދީޘަކީ ޞަޙީޙް ޙަދީޘެއް ކަމަށް ޝައިޚް އަލްބާނީ އެވަނީ ބަޔާންކުރައްވައިފައެވެ. 

ވީމާ ކިތަންމެ ގިނަ ޢަދަދެއްގެ އަންހެނުން މިޙަދީޘްފުޅަށް ޢަމަލުނުކުރިނަމަވެސް ކަމުގެ ޙުކުމް ބަދަލެއް ނުވާނެއެވެ. އެއީ ދީނުގައި ހުއްދަ ކަމަކަށް ނުހެދޭނެއެވެ. އަދި މިޙަދީޘްފުޅަށްވެސް ބަލާށެވެ. 

Abu Huraira reported: The Messenger of Allah, peace and blessings be upon him, said, 

“The perfume of men is that which scent is apparent and color is hidden. The perfume of women is that which scent is hidden and color is apparent.” 

Source: Sunan al-Tirmidhī 2787

Grade: Sahih (authentic) according to Al-Albani  

ވީމާ ކިޔުންތެރިޔާ ކުރައްވާފައިވާ ސުވާލަށް އެކަށީގެންވާ ޖަވާބެއް ދެވިއްޖެ ކަމަށް އުންމީދުކުރަމެވެ.

މިއަދު އޮންލައިން