ވެވޭ ވަޢުދަކީވެސް އަމާނާތެއް! ވެވޭ ވަޢުދުތަކަށްވެސް އަމާނާތްތެރިވާންޖެހޭނެ!

ކިޔުމަށް ހޭދަވާނީ 3މ 58ސ
ވެވޭ ވަޢުދަކީވެސް އަމާނާތެއް! ވެވޭ ވަޢުދުތަކަށްވެސް އަމާނާތްތެރިވާންޖެހޭނެ!

ޢާއިޝަތު ރަފާޙް ޢަލީ

 

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. 

((إذا ضُيِّعَتِ الأَمَانَةُ فَانْتَظِرِ السَّاعَةَ، قال: وَكَيفَ إِضَاعَتُها يارسول الله؟ قال: إِذَا اُسْنِدَ الأَمْرُ إِلىَ غَيْرِ أَهْلِهِ، فَانْتَظِرِ السَّاعَة)) 

މާނައީ: "އަމާނާތްތެރިކަން ގެއްލިއްޖެނަމަ، ފަހެ ޤިޔާމާތަށް އިންތިޒާރުކުރާށެވެ." ސުވާލުކުރެއްވިއެވެ. ﷲގެ ރަސޫލާއެވެ! އަމާނާތް ގެއްލޭނީ ކިހިނެއްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. "ކަންކަން އެކަމުގެ އަހުލުވެރިން ނޫން މީހުންނާ ޙަވާލުކުރެވިއްޖެނަމަ ޤިޔާމަތަށް އިންތިޒާރުކުރާށެވެ." 

އަމާނާތްތެރިވާންޖެހޭ ވަރަށް ގިނަ ކަންކަން ހުރެއެވެ. އޭގެ ތެރޭގައި ދީނާއި، އަބުރާއި އިއްޒަތްވެސް ހިމެނެއެވެ. 

ނިސާ ސޫރަތުގެ 58 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ. 

إِنَّ اللَّهَ يَأْمُرُكُمْ أَن تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا وَإِذَا حَكَمْتُم بَيْنَ النَّاسِ أَن تَحْكُمُوا بِالْعَدْلِ ۚ إِنَّ اللَّهَ نِعِمَّا يَعِظُكُم بِهِ ۗ إِنَّ اللَّهَ كَانَ سَمِيعًا بَصِيرًا ﴿٥٨﴾‏

މާނައީ: "ހަމަކަށަވަރުން، أمانة ތައް، އޭގެ أهل ވެރިންނަށް އަދާކުރުމަށް، اللَّه ތިޔަބައިމީހުންނަށް أمر ކުރައްވަތެވެ. އަދި، މީސްތަކުންގެ މެދުގައި ތިޔަބައިމީހުން حكم ކުރާނަމަ، عدل އަށް حكم ކުރުމަށްވެސް، أمر ކުރައްވަތެވެ. ހަމަކަށަވަރުން، اللَّه އެކަމަކާމެދު، ތިޔަބައިމީހުންނަށް وعظ އިއްވަވާކަމެއްގެ މޮޅުކަމާއެވެ! ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައިވެއެވެ. (58)" 

ﷲ ތަޢާލާ އަންގަވަނީ އަމާނާތްތެރިވުމަށެވެ. އަދި މީސްތަކުންނަށް ޢަދުލުވެރިވުމަށެވެ. އެކަމުގެ ސަބަބުން އާޚިރަތުގައި އަޅުގަނޑުމެންނަށް ޘަވާބު ލިބިގެން ދާނެއެވެ. 

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ފަރާތްޕުޅުންވެސް އަޅުގަނޑުމެންނަށް މިފަދަ ރީތި އިސްލާމީ އަޚްލާޤީ ސިފަތައް ފެނިގެންދެއެވެ. އެކަމުން ނަމޫނާ ލިބިގަންނަން ޖެހެއެވެ. އުފާވެރި ޙަޔާތެއް ލިބުން އޮތީ އެގޮތުގައެވެ. 

އަމާނާތްތެރިކަމަކީ މުއުމިނުންގެ ސިފައެކެވެ. މުއުމިނުންގެ މި ސިފަ ބަޔާން ކުރައްވަމުން ﷲ ތަޢާލާ މުއުމިނޫން ސޫރަތުގެ 8 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَالَّذِينَ هُمْ لِأَمَانَاتِهِمْ وَعَهْدِهِمْ رَاعُونَ ﴿٨﴾‏

މާނައީ: "އަދި އެއުރެންނީ އެއުރެންގެ أمانة ތަކަށާއި އެއުރެންގެ عهد ތަކަށް ރައްކާތެރިވާ މީހުންނެވެ. (8)"

މިއަދު އޮންލައިން