ޖަމާޢަތުގައި ނަމާދުކުރަން ކުރީ ސަފެއްގައި ހުއްޓާ ވުޟޫ ގެއްލިއްޖެ ނަމަ ޢަމަލުކުރަންޖެހޭނެ ގޮތަކާއިމެދު ގިނަ ބައަކު ސުވާލުކުރެއެވެ.
"ނަމާދުގަ ކުރީ ސަފެއްގައި ހުއްޓައި ވައި ބޭރުވެ ވުޟޫ ގެއްލިއްޖެ ނަމަ އެމީހަކަށް އޮތީ ނަމާދު ދޫކޮށްލާފައި މިސްކިތުން ފައިބައި ވުޟޫކޮށްގެން އައިސް އަލުން ޖަމާއަތާއި ގުޅުމެވެ. އިމާމް މީހާ ނަމާދު ނިންމަންދެން މަޑުކުރުމެއް ނެތެވެ."
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
"ނަމާދަށް ހުއްޓައި ވުޟޫ ގެއްލިއްޖެ ނަމަ ނަމާދު ދޫކޮށް ސަފުތައް ހުރަސްކޮށް މިސްކިތުން ފައިބާށެވެ! ފައިބާނީ މީސްތަކުންގެ ކުރިމަތިން ހިނގައި ޖާގަހޯދަން އުޅުމުގެ ބަދަލުގައި ހުރި ސީދަލަށެވެ. އެގޮތަށް ފައިބާ ފޭބުމަކީ މީސްތަކުން ހުރަސްކުރި ކަމަށްނުވާނެއެވެ. އަދި ފައިބަންޖެހިގެން ފައިބާ މީހާއަށް އެހެން މީހުން ޖާގަދޭންވެސް ވާނެއެވެ!"
– ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ
ނަމަވެސް ނަމާދު ދޫކޮށް ފައިބަންވާނީ ވައިބޭރުވި އަޑުއިވުން، ވަސްދުވުން ފަދަ ގޮތަކުން އެމީހަކަށް ވުޟޫ ގެއްލިއްޖެކަން ޔަޤީންކުރެވޭނަމައެވެ. ޝައްކެއްގެ މައްޗަށް ނަމާދުގެ ޖަމާޢަތް ދޫކުރުމެއް ނެތެވެ. އަދި މިސްކިތް ފުރިބާރުވެފައިވާތީ ނުކުމެވޭނެ ގޮތެއް ނުފެނިއްޖެ މީހާ ނަމާދުން ވަކިވެ މަޑުކޮށް އިންނާނީއެވެ. (މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.)
– ޝައިޚް ޞާލިޙް އަލް-ފަވްޒާން
Shaykh Saalih al-Fawzaan (may Allah preserve him) was asked:
If a person is praying in the front rows in the mosque, and he breaks his wudoo’ during the prayer, but he cannot go out because there are many rows in the mosque, should he complete the prayer without reciting, rather bowing and prostrating and standing silently? Or should he sit until the prayer ends, even if he is in the middle of the row?
He replied:
What is prescribed in the case of one who breaks his wudoo’ during the prayer is to leave, as the Prophet (blessings and peace of Allah be upon him) said: “He should not leave unless he hears a sound or notices a smell.” Narrated by al-Bukhaari in al-Saheeh, 1/43. This indicates that the one who breaks his wudoo’ for sure should leave and should not stay there.
If you do not leave because of what you mention of difficulty or there being too many rows, it is not permissible for one to continue praying. If he is able to leave then he should leave; this is what is indicated by the evidence. If he cannot leave, he should sit until he finds an opportunity to leave. And Allah knows best.
Al-Muntaqa min Fataawa al-Fawzaan.
"ވުޟޫ އާއި ނުލައި ނަމާދު ޞައްޙައެއް ނުވާނެއެވެ." (ޞަޙީހް މުސްލިމް، ޞަޙީޙް ބުޚާރީ) ވީމާ ވުޟޫ ނެތި ނަމާދުކުރުމެއް ނެތެވެ.
"އަޑެއް އިވި ނުވަތަ ވަހެއް ދުވައިފުމަށް ދާންދެން (ނަމާދު ދޫކޮށް) އެނބުރި ނުގަންނަ ހުށިކަމެވެ." (ޞަޙީޙް ބުޚާރީ: 137)