ހިތްދަތިކުރުވާތީ ކަންބޮޑުނުވާށެވެ!: ތިބާގެ ލޮލުން އޮހޮރުވާ ކޮންމެ ކަރުނަތިއްކެއްވެސް އެކަލާނގެ ދެކެވޮޑިގެންވެއެވެ! ކުރާ ދުޢާ ވަގުތުން އެކަލާނގެ ޙަޟްރަތަށް ފޯރުމަށް ހުރަހެއް ނެތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ހިތްދަތިކުރުވާތީ ކަންބޮޑުނުވާށެވެ!: ތިބާގެ ލޮލުން އޮހޮރުވާ ކޮންމެ ކަރުނަތިއްކެއްވެސް އެކަލާނގެ ދެކެވޮޑިގެންވެއެވެ! ކުރާ ދުޢާ ވަގުތުން އެކަލާނގެ ޙަޟްރަތަށް ފޯރުމަށް ހުރަހެއް ނެތެވެ!

"ކިތަންމެ ބޮޑު ހިތްދަތިކަމެއް ލިބުނު ނަމަވެސް ކެތްތެރިވެ އަޅުކަންކުރުންމަތީގަ ދެމިހުރެ ދުޢާކުރުންމަތީގައި ސާބިތުވާށެވެ. އަދި ކިތަންމެ ހިތްދަތި ޙާލުގައި އުޅެން ޖެހުނަސް މަސައްކަތްކުރަންވީ ﷲ ތައާލާގެ ރުހިވޮޑިގަތުން ހޯދައި ސުވަރުގެ ލިބިގަތުމަށެވެ.

ދުނިޔޭގައި ހިތްދަތި ޙާލަތުތައް މިންވަރު ކުރައްވަވާނެއެވެ. އެއީ އަހަރެމެންގެ އީމާންކަން އިމްތިޙާން ކުރެއްވެވުމަށެވެ. ކެތްތެރިކަން ލިބިފައިވާ މިންވަރު އިމްތިޙާން ކުރެއްވެވުމަށެވެ. އެކަންކަން ހިތުގެ އެންމެ އަޑިން ޤަބޫލުކޮށްގެން ހުންނަ މީހަކަށް ކެތްތެރިވުމުގެ ބާރު ﷲ ތަޢާލާ ދެއްވަވާނެތެވެ! އިން ޝާ ﷲ

ހިތާމަތަކާއި ހިތްދަތިކަމުގައި އުޅެންޖެހިފައިވާ ކޮންމެ މީހަކަށް މިއީ ވަރަށް އަގުހުރި ނަޞޭޙަތެކެވެ! "އަހަރެމެންނަށް ކުރިމަތިވެފައިވާ ޙާލު ﷲ ދެކެދެނެވޮޑިގެންވެއެވެ. އަހަރެމެންގެ ލޮލުން ފައިބާ ކަރުނަދެކެވޮޑިގެންވެއެވެ. ކުރާ ދުޢާ އައްސަވައިވޮޑިގެންވެއެވެ.

ކޮންމެ ޙާލަތެއްގައިވެސް އުންމީދުކުރަންވީ ކުރިމަތިވެފައިވާ މުޞީބާތުން ވަރަށް އަވަހަށް ސަލާމަތްކޮށްދެއްވަވާނެ ކަމަށެވެ. އަހަރެމެންނާއި އެންމެ ގާތުގައި ވޮޑިގެންވުމަކީ ﷲ ތަޢާލާގެ ވަޢުދުބަސްފުޅެކެވެ. އަދި އެއްވެސް މީހަކު ﷲ ތަޢާލާގެ މަތިން ހަނދުމަކުރާނަމަ އެމީހެއްގެ މަތިން ﷲ ތަޢާލާ ހަނދުމަފުޅުކުރައްވަވާނެކަންވެސް އެނގެން އެބައޮތެވެ.

އަބަދުވެސް ކެތްތެރިވެ ޔަޤީންކުރަންވީ އެމީހަކަށް ސުވަރުގެ ލިބުމުން ދުނިޔޭގައި ކުރިމަތިވި އެއްވެސް ހިތްދަތިކަމެއްގެ ހަނދާންވެސް ނުހުންނާނެ ކަމެވެ."

–މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން