ބާޒާރުގަ ގިނަ ވަޤުތު ހޭދަކުރަން ލޯބިކުރުމަކީ ހެދޭ ކިހައި ބޮޑު ގޯހެއްކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 43ސ
ބާޒާރުގަ ގިނަ ވަޤުތު ހޭދަކުރަން ލޯބިކުރުމަކީ ހެދޭ ކިހައި ބޮޑު ގޯހެއްކަން އެނގޭތަ؟

ބާޒާރުތަކަށް ދިއުމާއި ބާޒާރުގައި ގިނަ ވަޤުތު ހޭދަކުރަން ލޯބިކުރާ މީހުން އަންނަނީ ގިނަވަމުންނެވެ. ތިމާ އެއްޗެއް ގަންނަންވެފައި ނެތަސް އެކުވެރިއަކު ބާޒާރަށްދާކަން އެނގުމުން އެކުގައިދާ މީހުން މަދެއް ނޫނެވެ.

ބާޒާރަށް ދާންޖެހިގެން ދިއަނަމަވެސް ބޭނުންފުއްދައިގެން އަވަހަށް ގެއަށް ދިއުމުގެ ބަދަލުގައި ބާޒާރުތަކުގައި ގިން ވަޤުތު ހޭދަކުރަން ބޭނުންވާ، އެކަމަށް ލޯބިކުރާ މީހުންވެސް އަންނަނީ ގިނަވަމުންނެވެ. ވީމާ މި ޙަދީޘްފުޅަށް ބަލައިލަމާ ހިނގާށެވެ!

Abu Huraira reported: The Messenger of Allah, peace and blessings be upon him, said, “The most beloved of places to Allah are the mosques, and the most hated of places to Allah are the markets.” Source: Ṣaḥīḥ Muslim 671

Grade: Sahih (authentic) according to Muslim

މިޙަދީޘްފުޅުން އެނގެނީ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ ތަންތަނުގެ ތެރޭގައި ބާޒާރުތައް ހިމެނޭ ކަމާއި އަދި އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ ތަންތަނަކީ މިސްކިތްތައް ކަމެވެ.

އެހެންކަމަށްވާއިރު ކޮންމެހެން ދާންޖެހިގެން ނޫނީ ބާޒާރުތަކަށް ދިއުމާއި އަދި ދާންޖެހިގެން ދިއަ ނަމަވެސް ގިނަވަޤުތު، ޚާއްޞަކޮށް ބޭކާރު ގޮތުގައި ވަޤުތު ހޭދަކުރުމުގެ ހުރި ނުބައިކަން ބޮޑުކަން އެއޮތީ އެނގޭށެވެ!

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!

ހޭލުންތެރިވެލައްވާ!: ޤިޔާމަތް ކައިރިވުމުގެ ޢަލާމާތްތަކުގެ ތެރެއިން ކޮންމެ ގެއެއްގައި ފިހާރައެއ ހުޅުވި އެމީހަކު ހުރިތަނެއްގަ ހުރެގެން ވިޔަފާރިކޮށްލެވުން!

ޤިޔާމަތް ކައިރިވުމުގެ ޢަލާމާތްތަކުގެ ތެރެއިން ބާޒާރުތައް ކައިރިވާނެ ކަމަށް އޮތް ޙަދިޘް ބަސްފުޅަށް ވިސްނަވައިލައްވަވާށެވެ! ބާޒާރުތައް ކައިރިވީވަރަކީ މަގަށް ދޮރުކެނޑިފައި ކިތަންމެ ކުޑަ ޖާގަކޮޅެއް އޮތްނަމަވެސް ކޮންމެވެސް އެއްޗެއް ވިއްކާ ފިހާރައެއް ހުޅުވުން މިހާރު މިވަނީ ޢާންމު ކަމަކަށްވެފައެވެ.

ދާދި ފަހަކާއި ޖެހެންދެން އެއްޗެއް ގަންނަން ބޭނުންވާ މީހާއަށް ޖެހެނީ ބާޒާރަކަށްދާށެވެ! ބާޒާރަށް ދާން ބޭނުންވެއްޖެ ނަމަ ރަށުގެ ބާޒާރު ސަރަހައްދަށް ދަތުރުކުރަން ޖެހެއެވެ. ދާން ޖެހެއެވެ. ނަމަވެސް މިއަދު ގެއިން ނުކުންނައިރު ފިހާރަތަކެވެ. ބާޒާރަށް ދާކަށް ނުޖެހެއެވެ. ގެއިން ނުކުމެފައި ފިހާރަތަކަށް ވަންނަންވީއެވެ.

އަދި ކީއްހެއްޔެވެ؟ ދުނިޔޭގެ ބާޒާރުތައް ކައިރިވެ މީސްތަކުންގެ ޖީބަށް ވަދެއްޖެއެވެ. މިއަދު އެންމެ ގިނަ ބައަކު ބާޒާރުކުރަނީ ފޯނުންނެވެ. ގޭގައި ހުރެ ފޯނުން ދުނިޔޭގެ ކޮންމެ ޤައުމެއްގެ ކޮންމެ އުފެއްދުމެއް ނަމަވެސް ފަސޭހަކަމާއިއެކު ގަނެލެވެއެވެ. ވީމާ ބާޒާރުތައް ކައިރިވާނީ މިހައިވަރަކަށް ނޫންތޯއެވެ!

--ޝައިޚް ޝުޢައިބް ނާޒިމް

ހަމައެކަނި ބާޒާރުތައް ކައިރިވެފައި ނިމުނީއެއް ނޫނެވެ. ވަގުން ތިޖޫރީ ފަޅައި ފައިސާ ނަގަން މިހާރު ތަންތަނަށް ވަންނާކަށްވެސް ނުޖެހެއެވެ. ހުރިތަނެއްގައި ހުރެގެން ބޭންކުގައި މީހުން ބަހައްޓާފައި ހުންނަ ފައިސާކޮޅު އެކަހައިލަނީއެވެ. ލިބޭ މައުލޫމާތަށްބަލާއިރު މިހާރު އެންމެ ގިނައިން ވައްކަންކުރާކަމަށްވަނީ ތަންތަން ނުފަޅައި ބޭންކުގައި ހުންނަ އެކައުންޓްތައް ފަޅައިގެންނެވެ.

މިފަދަ ކޮންމެ ކަމެއްވެސް ހިނގާނެއެވެ! ޢަލާމާތްތައް ފައުޅުވާނެއެވެ! އެއީ ހުއްޓުވޭނެ ކަންކަމެއް ނޫނެވެ. މީސްތަކުންނަށް އޮތީ މިފަދަ ކޮންމެ ކަމަކަށް ވިސްނައި މިފަދަ ޒަމާނެއްގައި ޝައިޠޯނާ ޙަރަކާތްތެރިވާނެ މިންވަރަށް ވިސްނައި ހޭލުންތެރިވުމެވެ. ޝައިޠޯނާގެ ދަންތުރައިގައި ނުޖެހި ތިމާގެ ޢަމަލުތައް ހެޔޮ ގޮތުގައި ބަހައްޓައި ސުވަރުގެ ލިބިގަތުމްށް ގަދައަޅައި މަސައްކަތްކުރުމެވެ.

މިއަދު އޮންލައިން