ހަނދުމަކޮށްދިނުމެއް!: ކުރީސަފުގަ ޖާގަ އޮއްވައި ފަހަތުގަ ތިބޭ މީހުންނަށް ޖަޒާއާ ދަރަޖަ ދެއްވެވުމުގަ އަދި ރަޙްމަތް ލެއްވެވުމުގަ ! ޙަޤީޤަތް ﷲ ދެނެވޮޑިގެންވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ހަނދުމަކޮށްދިނުމެއް!: ކުރީސަފުގަ ޖާގަ އޮއްވައި ފަހަތުގަ ތިބޭ މީހުންނަށް ޖަޒާއާ ދަރަޖަ ދެއްވެވުމުގަ އަދި ރަޙްމަތް ލެއްވެވުމުގަ ! ޙަޤީޤަތް ﷲ ދެނެވޮޑިގެންވޭ!

ބައެއް މީހުން ނަމާދަށް ގޮސް މިސްކިތަށް އެރުމަށްފަހު ކުރީ ސަފުތައް ފުރަން ސަމާލުކަން ނުދީ ފަހަތު ސަފުތަކުގައި މަޑުކުރެއެވެ. އެއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަން މިޙަދީޘްފުޅުން އެނގިގެންދެއެވެ.

މާތް ﷲ ރުއްސުންލެއްވި އަބޫސަޢީދުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލް (ﷺ)އަށް، އެކަލޭގެފާނުގެ ބައެއް އަޞްޙާބު ބޭކަލުން މާފަހަތުގައި ތިއްބަވާތަން ފެނިވަޑައިގެން، އެބޭކަލުންނާއި މުޚާޠަބްވެވަޑައިގެން ޙަދިޘްފުޅު ކުރެއްވެވިއެވެ. "ކުރިއަށް ޖެހިލާށެވެ! ތިމަންކަލޭގެފާނުންގެ އަރިހަށް އައިސް ފުރަތަމަ ސަފު ފުރިހަމަކުރާށެވެ! އަދި ދެވަނަ ސަފުގެ މީހުން ތިއަބައިމީހުންނަށް ތަބަޢަވާހުށިކަމެވެ. ސަފުތަކަށް އައުމުގައި ފަސްޖެހޭ މީހުންނަށް ޖަޒާއާއި ދަރަޖަ ދެއްވެވުމުގައި އަދި ރަޙްމަތް ލެއްވެވުމުގައި މާތް ﷲ އެއުރެން ފަހަށް ޖައްސަވާނެތެވެ!

އަދި އެހެން ރިވާޔަތެއްގައި އައިސްފައިވަނީ، ބައެއް މީހުން މިސްކިތުގެ ފަހަތުގައި ތިއްބައި ރަސޫލް (ﷺ)އަށް އެތަން ފެނިވަޑައިގެން މިފަދައިން (އިސްވެ ބަޔާންކުރެވުނު ފަދައިން) ޙަދީޘްފުޅު ކުރެއްވެވި ކަމަށެވެ.

--ޞަޙީޙް މުސްލިމް: 662

ވީމާ ނަމާދަށް ގޮސް މިސްކިތަށް އަރާ ތަރުތީބުން އެންމެ ކުރީ ސަފުން ފެށިގެން ސަފުތައް ފުރަމުން ގެންދާށެވެ! ނޫންނަމަ ސަފުތަކަށް އައުމުގައި ފަސްޖެހޭ މީހަކަށްވެ ޖަޒާއާއި ދަރަޖަ ދެއްވެވުމުގައި އަދި ރަޙްމަތް ލެއްވެވުމުގައި މާތް ﷲ ފަހަށް ޖައްސަވާނެ މީހަކު ކަމުގައިވެދާނެއެވެ!

މިއީ އެއްވެސް މީހަކު އެދޭނެ ކަމެއް ނޫނެވެ! ނަމާދަށް ދަނީ މާތް ﷲ ގެ ޙަޟްރަތުން އެންމެ މަތިވެރި ޖަޒާއާއި އެންމެ މަތިވެރި ދަރަޖަ ލިބިގަތުމަށާއި އަދި އެންމެ ހެޔޮ ރަޙްމަތް ލެއްވެވުން އެދިގެންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން