އެންމެ ކާމިޔާބު މުސްލިމް ދެމަފިރިންނަށްވުމަށް ޢަމަލުކުރަންޖެހޭނެ 5 ކަމެއް! މި 5 ކަމުގަ ހިފަހައްޓާ އެއްވެސް ދެމަފިރިއަކު ދެބަސްވެ ވަކިވެފައެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
އެންމެ ކާމިޔާބު މުސްލިމް ދެމަފިރިންނަށްވުމަށް ޢަމަލުކުރަންޖެހޭނެ 5 ކަމެއް! މި 5 ކަމުގަ ހިފަހައްޓާ އެއްވެސް ދެމަފިރިއަކު ދެބަސްވެ ވަކިވެފައެއް ނެތް!

މިބަޔާންކުރަނީ އެންމެ ކާމިޔާބު މުސްލިމް ދެމަފިރިންނަށްވުމަށް ޢަމަލުކުރަންޖެހޭނެ 5 ކަމެކެވެ. އެންމެ ކާމިޔާބު މުސްލިމް ދެމަފިރިންގެ ކިބައިން މި 5 ކަންތައް ފެންނާނެއެވެ.  

ފުރަތަމަ ކަމަކީ އަނެކާ ދައްކާ ވާހަކަތަކަށް ސަމާލުކަންދީގެން އަޑުއެހުމެވެ. އަނެކާ ވާހަކަ ދައްކަނިކޮށް ނުހުއްޓުވާނެއެވެ. ގިނައިރު ވާހަކަދެއްކިޔަސް ފޫހިވެ ކުރުކުރާކަށް ނުބުނާނެއެވެ. އެގޮތަށް ކަންތައް ކުރުމުން ދެމީހުންގެ މެދުގައި އޮންނަންޖެހޭ އިތުބާރާއި ގާތްކަން އިތުރުވެގެންދެއެވެ.  

ދެވަނަ ކަމަކީ ޚިޔާލުތަފާތުވާ ކަމެއް މެދުވެރިވިނަމަވެސް ޒުވާބުނުކޮށް މަޝްވަރާކޮށްގެން އެކަމެއް ޙައްލުކުރުމެވެ. އިސްކަން ދޭނީ ޒުވާބުކުރުމަކަށް ނޫނެވެ. ޖެހުނު މައްސަލަ ޙައްލުކުރުމަށެވެ. 

ތިންވަނަ ކަމަކީ އެކަކު ކޮށްދޭ ކަންކަމަށް އަނެކަކު ޝުކުރު އަދާކުރުމެވެ. ކިތަންމެ ކުޑަ ނުވަތަ ބޮޑުކަމެއް ނަމަވެސްމެއެވެ.  

ހަތަރުވަނައީ ދިރިއުޅުމުގެ ކަމެއްގައިވެސް އަދި ތަޤްވާވެރިކަމުގައި ނަަމވެސް ކުރިއަރައިދާނަމަ އެކަން ބަލައިގަނެ ތަޢްރީފްކުރުމެވެ. ދެމީހުންވެސް ވާނީ އެފަދަ ކޮންމެ ކަމެއްގައިވެސް އަނެކާއަށް އެންމެ ބޮޑަށް ހިތްވަރުދޭ މީހާކަމަށެވެ.  

ފަސްވަނައީ ތަޤްވާވެރިކަން އިތުރުކުރަން ދެމީހުންވެސް ގަދައަޅައި މަސައްކަތްކުރާނެއެވެ. އެކުގައި ރޭއަޅުކަންކޮށް ދުޢާކުރަން ސަމާލުކަންދޭނެއެވެ. އަޅުކަން ކުރަން އެކަކު އަނެކަކަށް ވާގިވެރިވެ ހިތްވަރުދޭނެއެވެ.  

އަހުރެންނަށް މިހައިތަނަށް އެނގޭ މިންވަރަށް ބުރަވެ ހުރެ ބުނަމެވެ. މި 5 ކަމުގައި ހިފަހައްޓާ އެއްވެސް ދެމަފިރިއަކު ދެބަސްވެ ވަކިވެފައެއް ނެތެވެ. ދިރިއުޅެނީ ވަރަށް އުފަލުގައެވެ. އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން