އަޅުކަންކުރުން ގިނަކުރަން އޮތް އެންމެ ފަސޭހަ މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
އަޅުކަންކުރުން ގިނަކުރަން އޮތް އެންމެ ފަސޭހަ މަގު-

ގިނަ ބައަކު މިއަދު އުޅެނީ ﷲ ތަޢާލާއަށް އަޅުކަން ކުރުމަކީ ބުރަކަމަކަށްވެގެންނެވެ. އެއީ އެކަމުގައި ހުރި ލުއިފަސޭހަ ގޮތްތައް ނުއެނގޭތީއެވެ. 

ފުރަތަމަ ކަމަކަށް ފަރުޟު 5 ނަމާދުކުރަމުން ގެންދާށެވެ. އެހެނީ ފުރަތަމަ ކަމަކީ ނަމާދުކުރުމެވެ. ދެން ހުރި ކަންކަން އަންނާނީ ނަމާދުކުރުމުގެ ފަހަތުންނެވެ.  

ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑި ނުގަންނަވާ ބާޒާރުތަކެވެ. މާރުކޭޓްތަކެވެ. އެކަމަކު އެނގޭހެއްޔެވެ؟ ޢަބްދުﷲ އިބްން މަސްއޫދުގެ ބަސްފުޅެއްގައިވަނީ މާރުކޭޓެއްގައި އުޅޭއިރުވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކުރާނަމަ އެމީހަކަށް އެހުރެވެނީ އަޅުކަންކުރުމުގައެވެ. މިބަސްފުޅު ބަޔާންކުރައްވާފައިވަނީ އިބްން ތައިމިއްޔާ ރަޙިމަހުﷲ އެވެ.  

ލިބިގަންނަން އޮތް ފިލާވަޅަކީ ކޮންމެ ތަނެއްގައި ކޮންމެ ކަމެއް ކުރުމުގައި އުޅުނު ނަމަވެސް އެމީހަކު ﷲ ތަޢާލާގެމަތިން ހަނދުމަކުރާނަމަ އެމީހަކަށް އެހުރެވެނީ އަޅުކަމަކުރުމުގައި ކަމެވެ. އެހެންކަމަށްވާއިރު އެކަމަށް ސަމާލުކަންދީފިނަމަ އަޅުކަންކުރުން ގިނަ ކުރަން އޮންނާނީ ކޮން އުނދަގޫކަމެއް ހެއްޔެވެ؟  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން