ތިމާ ކޮންމެހެން ކުރަންނުޖެހޭ ޚަރަދުތައް ކުރުން ހުއްޓާލައިފިނަމަ ގިނަ ބައަކަށް ކޮންމެ އަހަރަކު ފަސޭހަކަމާއިއެކު ޢުމްރާ ދަތުރެއް ކުރެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 4ސ
ތިމާ ކޮންމެހެން ކުރަންނުޖެހޭ ޚަރަދުތައް ކުރުން ހުއްޓާލައިފިނަމަ ގިނަ ބައަކަށް ކޮންމެ އަހަރަކު ފަސޭހަކަމާއިއެކު ޢުމްރާ ދަތުރެއް ކުރެވޭނެ! އިން ޝާ ﷲ

އެކުވެރިންގެ ތެރެއިން ބައެއް މީހުންގެ ގާތުގައި އުމުރާއަށް ދަމާ ހިނގާށެވެ ބުނުމުން ބުނަނީ އަތުގައި ފައިސާ ނެތް ކަމަށެވެ. އެކަމަކު 15000 ، 20000 ރުފިޔާ ދީފައިވެސް ނުކުންނަ ކޮންމެ އައު ފޯނެއް ގަނެއެވެ. ނުވަތަ ކޮންމެ 2 އަހަރަކުން ދުއްވާ ކާރު ނުވަތަ ސައިކަލް އައުކުރެއެވެ. އެެހންވެ މިވާހަކަ މިކިޔައިދެނީ ވަރަށް އަސަރާއިއެކުގައެވެ.

އަހަރެންގެ އެކުވެރިންގެ ތެރޭގައި ހިމެނޭ އެކަކީ އަހަރަކު ދެފަހަރު ފޯނު ބަދަލުކުރަމުން އައި މީހެކެވެ. ނަޞޭޙަތް ޤަބޫލުކޮށް އެކަން ކުރުން ހުއްޓާލުމުން 1 އަހަރު ތެރޭގައި ޢުމުރާއެއްވެވޭނެ ވަރަށް ފައިސާ ބާކީ ކުރެވުނެވެ. ހަމައެކަނި ބާކީކުރެވުނީއެއް ނޫނެވެ. ޢުމުރާވުމަށް ދައްކަންޖެހުނު ފައިސާގެ އިތުރުން ފައިސާ ބާކީވެސް ކުރެވުނެވެ.

މިހުންނަނީ މުސްލިމުން ޢިބްރަތް ޙާޞިލުކުރަންވީ ކަންކަމެވެ. ފިލާވަޅުތައް ލިބިގަންނަންވީ ކަންކަމެވެ. މީސްތަކުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ވަބާއަކީ ފެންނަ ކޮންމެ އައު އެއްޗެއް ބޭނުންވުމެވެ. އައު ކަންކަން ވެސް ބޭނުންވުމެވެ. މިކަން މިހާރުވެފައިވަނީ ޢާންމުވެފައިވާ ވަރަށް ނުރައްކައުތެރި ބަލިމަޑުކަމަކަށެވެ.

ސައިންސްވެރިން އަބަދުވެސް ދާނީ އައު ހޯދުންތައް ހޯދަމުންނެވެ. އެއިގެ ބޭނުންކޮށްގެން ދުނިޔޭގެ ބާޒާރަށް އައު އުފެއްދުންތައް ގެންދާނީ ނެރެމުންނެވެ. ދުނިޔޭގެ ބޮޑެތި ކުންފުނުތަކަށް އެންމެ ބޮޑަށް އިންވެސްޓްކުރަނީ ވެސް އައު ޓެކްނޮލޮޖީއަށެވެ. އެކަމުގެ ބޭނުމަކީ އެއިގެ ބޭނުންކޮށްގެން އައު އީޖާދުތައް ބާޒާރަށް ނެރެމުން ގެންދިއުމެވެ.

ވީމާ އެކަން ކޮންމެ ދުވަހަކުވެސް ދާނީ ކުރެވެމުންނެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ކޮންމެވެސް މަޝްހޫރު ކުންފުންޏަކުން ކޮންމެވެސް ބާވބަތެއްގެ އައު އުފެއްދުމެއް ދުނިޔޭގެ ބާޒާރަށް ނުނެރޭ ދުވަހެއް މަދުވާނެއެވެ.

ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުންނޭވެ! މުސްލިމުން ކޮންމެ ކަމެއްގައިވެސް އިސްލާމް ދީނުގެ އިންތައް ހިފަހައްޓަންވާނެއެވެ. މިސާލަކަށް އައު ފޯނެއް ބާޒާރަށް ނެރޭއިރަށް އަތުގަ އޮންނަ ފޯނު ބާކީކޮށްލާފައި އައުފޯނު ގަތުމަކީ ކަނޑައެޅިގެން އިސްރާފެކެވެ. ފޯނު ގަންނަންވާނީ ގެންގުޅޭ ފޯނު ހަލާކުވުމުންނެވެ. އައު އުނދުނެއް ފެންނައިރަށް ގޭގައި ހުރި އުނދުން ބާކީކޮށް އެއްލައިލާކަށް ނުޖެހެއެވެ. މިހިރީ ކަނޑައެޅިގެން އިސްރާފެވެ.

އެހެނެއް ނޫނެވެ. އަތުގައި އޮތް ފޯނު އޮތީ ބަދަލުކުރަންޖެހިފައި ނަމަ އެކަން ކުރުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. އެގޮތުން ފޯނެއް ގަންނައިރުވެސް ތިމާއަށް އެއިން ބޭނުން ކުރެވޭނެ ވަރުގެ ފޯނެއް ގަންނާށެވެ! އެންމެ ފަހުގެ އެންމެ ފަހުގެ އެންމެ އަގު ބޮޑު ފޯނު ގަތުމުގެ ބޭނުމުގައި ފޯނު ނުގަންނާށެވެ!

އެއިރުން އެވެވެނީ ދެއްކުންތެރިއަކަށެވެ! އެއީ އަދި މާނުބައިކަން ބޮޑު ޢަމަލެކެވެ. ދެއްކުންތެރިކަމަކީ ބޮޑާކަމާއި ކިބުރުވެރިކަމުގެ ސިފަތަކެވެ. ބޮޑާކަމުގެ ޒައްރެއްގެ މިންވަރު ހިތުގައިވާ މީހާ ވެސް ސުވަރުގެ ނުވަންނަ ހުއްޓަވެ!

It was narrated from ‘Abdullah that the Messenger of Allah (ﷺ) said:

“No one will enter Paradise who has pride in his heart equal to the weight of a grain of mustard seed, and no one will enter Hell who has faith in his heart equal to the weight of a grain of mustard seed.”

ފޯނު ބަދަލުކުރުމުގެ ވާހަކަ މިވަރަށް މިދެއްކީ އެއީ މިހާރަކަށް އައިސް އެންމެ ގިނަ ބައަކު އެންމެ ގިނައިން އިސްރާފުކުރާ ކަންތައް ވީމައެވެ. މުހިންމީ ކުރާ ކޮންމެ ކަމެއްގައި އިޤްޠިޞާދުކުރުމެވެ. މުސްލިމުން ވާންޖެހޭނީ ކޮންމެ ކަމެއްގައި އިޤްޠިޞާދުކުރާ ބައަކަށެވެ. އިސްރާފު ކުރުމަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ކަމެއް ނޫނެވެ.

" ....އަދި ތިއަބައިމީހުން އިސްރާފް ނުކުރާށެވެ! އެހެނީ ހަމަކަށަވަރުން، އިސްރާފްކުރާ މީހުންދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެތެވެ." (އަލްއަންޢާމް: 141)

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން