ހާރޫތާއި މާރޫތުގެ ވާހަކަ

ކިޔުމަށް ހޭދަވާނީ 3މ 37ސ
ހާރޫތާއި މާރޫތުގެ ވާހަކަ

ޢަލީ އިޙްޞާން ފިރާޤް

 

هاروت وماروت

ހާރޫތާއި މާރޫތުގެ ވާހަކަ ބަޔާން ކުރައްވައިފައިވަނީ ބަޤަރާ ސޫރަތުގެ 102 ވަނަ އާޔަތުގައެވެ. ސިޙުރުގެ ވާހަކަ ބަޔާން ކުރެއްވި އާޔަތުގައެވެ. އެ އާޔަތުގައި ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.

 

وَاتَّبَعُوا مَا تَتْلُو الشَّيَاطِينُ عَلَىٰ مُلْكِ سُلَيْمَانَ ۖ وَمَا كَفَرَ سُلَيْمَانُ وَلَٰكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ وَمَا أُنزِلَ عَلَى الْمَلَكَيْنِ بِبَابِلَ هَارُوتَ وَمَارُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ۖ..

މާނައީ: [އަދި سليمان ގެފާނުގެ ވެރިކަމުގެ ޒަމާނުގައި شيطان ންތައް ކިޔަވައި އުޅުނު ތަކެއްޗަށް އެއުރެން تبع ވޫއެވެ. سليمان ގެފާނު كافر ވެވަޑައެއް ނުގަނެއެވެ. އެހެނެއްކަމަކު، އެ شيطان ން كافر ވޫއެވެ. އެއުރެން މީސްތަކުންނަށް سحر އުނގަންނައި ދިނުމުންނެވެ. އަދި بابل ގައިވާ هاروت އާއި، ماروت އާއި ދެ ملائكة ންގެ މައްޗަށް ބާވައިލެއްވި ތަކެއްޗާވެސް (އެއުރެން تبع ވޫއެވެ.) ތިމަންމެން ވާކަން ކަށަވަރީ (إيمان ކަންހުރި މިންވަރެއް ބެއްލެވުމުގެ ގޮތުން މެދުވެރި ކުރައްވާފައިވާ) امتحان އެއް ކަމުގައޭ، ފަހެ (އެ ދަސްކޮށްގެން) كافر ނުވާށޭ ވިދާޅުވެ (نصيحة ދެއްވުމަށް ފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ ملائكة ން އުނގަންނަވައެއް ނުދެއްވަތެވެ.]

 

ތަފްސީރުލް ޖަލާލައިނީގައި ލިޔުއްވައިފައިވެއެވެ. ހާރޫތާއި މާރޫތާ ދެބޭކަލުންނާ ބެހޭ ގޮތުން އިބްނުޢައްބާސް ވިދާޅުވެފައިވެއެވެ. އެދެމީހުންނަކީ ދެ ސިޙުރުވެރިންނެވެ. އެދެމީހުން މީސްތަކުންނަށް ސިޙުރު ދަސްކޮށްދީ އުޅުނެވެ.]

 

އަދި ބުނެވިފައިވެއެވެ. އެދެބޭކަލުންނަކީ މީސްތަކުންނަށް ސިޙުރު ދަސްކޮށްދެއްވުމަށްޓަކައި ފޮނުއްވި ދެމަލާއިކަތުންނެވެ. އެއީ މީސްތަކުން އިމްތިހާން ކުރެއްވުމަށްޓަކައެވެ. { تفسير الجلالينالمحلّي والسيوطي{

 

އަލްޙާފިޡު އިބްނު ކަޘީރު، އަލްބިދާޔާ ވައްނިހާޔާގައި ބަޔާން ކުރައްވައިފައިވެއެވެ. ސަލަފުންގެ ގިނަ ބޭކަލުން ވިދާޅުވެފައިވަނީ ހާރޫތާއި މާރޫތަކީ ދެ މަލާއިކަތް ބޭކަލުން ކަމުގައެވެ.

 

މިއަދު އޮންލައިން