ތިމާއަށް އެންމެ ފައިދާހުރި 2 ހެޔޮ އަމަލު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ތިމާއަށް އެންމެ ފައިދާހުރި 2 ހެޔޮ އަމަލު-

ކުރަން އެންމެ ފައިދާހުރި ހެޔޮ ޢަމަލު އޮޅުންފިލުވަން ބޭނުންވެގެނެ އުލެނީ ހަމައެކަނި މިއަދުގެ މީހުންނެއް ނޫނެވެ. ޞަޙާބީންވެސް އުޅުއްވެވިއެވެ. އެހެންވެ އެތައް ފަހަރެއްގެ މަތިން ޞަޙާބީން ވަނީ އެކަމަށް ސުވާލުކުރައްވަވައިފައެވެ. 

އެފަދައިން ކުރައްވާ ސުވާލުތަކަށް ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ދެއްވަވާފައިވާ ޖަވާބުފުޅުތަކުގެ ތެރެއިން ޙަދީޘްފުޅުން އެނގެން އޮތް 2 ކަމެއްގެ ވާހަކަ ބުނެލާނަމެވެ. އެގޮތުން ފަރުޟު ނަމާދަށް ރައްކައުތެރިވުމާއި މައިން ބަފައިންނަށް ހެޔޮކޮށް ހިތުމަކީ އެންމެ ހެޔޮ އަމަލު ކަމުގައި ރަސޫލް () ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. 

ވީމާ ކޮންމެ މީހަކުވެސް ފުރަތަމަ ކަމެއްގެ ގޮތުން އެޙަދީޘްފުޅަށް ޢަމަލުކުރަން ފފަށަމާ ހިނގާށެވެ! 

މިއީ ހަމައެކަނި ޙަދީޘްފުޅެއްވެސް ނޫނެވެ! ﷲ ތަޢާލާގެ އަމުރުފުޅެއްވެސް މެއެވެ. ކީރިތި ޤުރްއާނުން ފެންނަން އޮތް ކަންކަމެވެ. ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ބޮޑުވެގެންވާ ވާޖިބެކެވެ. ކޮންމެހެން ކުރަން ޖެހޭ ކަންކަމެވެ. 

ކޮންމެ މީހަކުވެސް އެންމެ ބޮޑު އިސްކަމެއް ދޭންވީ ޖަމާޢަތުގައި ފަރުޟު ނަމާދުކުރުމަށެވެ. އިޚްލާޞްތެރިކަމާއިއެކު ފަރުޟު ނަމާދުތައް އެނަމާދެއްގެ ވަގުތުގައި އަދާކުރަމުން ދާން ފެށުމުން އެމީހެއްގެ ހިތަށް ހިތްހަމަޖެހުން ލިބެންފަށާނެއެވެ. ކުރިމަތިވާ ތަކްލީފްތަކަށް ކެތްތެރިވުމުގެ ހިތްވަރު ދެއްވަވާނެތެވެ. އެމީހާއަށް އިތުރު ކުރިއެރުން ދެއްވަވާނެތެވެ! 

ވީމާ އެންމެ ހެޔޮކަން ބޮޑު އަޅުކަން ހޯދަން އެންމެ ފުރަތަމަވެސް ކުރަން އޮތް ކަމަކީ ޖަމާޢަތުގައި ފަރުޟު 5 ނަމާދުކުރުމެވެ! 

ހަމަ އެއާއިއެކު ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައި ކުރަން އޮތް އެންމެ މުހިންމު އަނެއްކަމަކީ ކުރިންވެސް މިބުނި ފަދައިން މައިންބަފައިންނަށް އަޅާލައި ހެޔޮކޮށް ހިތުމެވެ. ހަމައެއާއިއެކު އަނބިދަރިންނަށް، ފިރިންނަށް ހެޔޮކޮށް ހިތުމެވެ. ރަޙިމުގެ ގުޅުން ދެމެހެއްޓުމެވެ. 

ވީމާ އެންމެ ހެޔޮ ޢަމަލުކުރަން އެދޭމީހާ މިކަންކަމަށް ސަމާލުކަންދޭށެވެ. އެކަންކަން ކުރަމުން އިތުރު ކަންކަން ހޯދައިގެން ކުރެވޭތޯ މަސައްކަތްކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން