ޢިޝާނަމާދު ޖަމާޢާތުގައި ނުކުރެވިއްޖެނަމަ ދެން އެނަމާދު ކުރެވޭނެ އެންމެ ފަހު ވަގުތަކީ ކޮބައިތޯ؟
އެއީ ރޭގަނޑުގެ ދެބައިކުޅަ އެއްބަޔާ ހަމައަށް. ރޭގަނޑުގެ ދެބައިކުޅަ އެއްބަޔާ ހަމަޔަށް، އެއީ އިޝާނަމާދު އެގޮތަށް އެންމެ ލަސްކުރެވޭނެ ވަރު އެއީ. ދެން އޮތީ އުޒުރުވެރިންނަށް ފަތިސްނަމާދުވަގުތާ ހަމައަށް ލަސްކުރުން. އުޒުރުވެރިންނަށް، އެއީ މިސާލަކަށް ދަތުރަކުން އަންނަމީހާ އެފަދަ މީހަކަށް، އޭނައަށް ފަތިސްނަމާދާ ހަމައަށް ލަސް ކުރެވިދާނެ. އެކަމަކު އުޒުރެއް ނެތި ރޭގަނޑުގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑަށް އިޝާނަމާދު ލަސްކޮށްގެން ނުވާނެ.
އެއީ ދެން އިރުއޮއްސުމާހިސާބުން ފަތިހާ ހަމައަށް ދެބައި ކޮށްލާނީ، އަންދާޒާ ކޮށްލަންޏާ ގާތްގަނޑަކަށް 12 ޖަހާލާކަންހާއިރު އެއީދެން، 11:30- 12 ޖަހާ ކަންހާއިރު އެދެމެދު ކަމަށް ބަލާދެން. އެއީ ޙަދީޘްގަ އޮންނަނީ --- " ރޭގަނޑުގެ ދެބައިކުޅަ އެއްބަޔާ ހަމައަށޭ އިޝާނަމާދު އެންމެ ލަސްކުރެވޭނީ."
- ޝެއިޚް މުޙައްމަދު އިބްރާހީމް