ހިތްދަތި ޙާލަތެއް ކުރިމަތިވުމުން މަޑުޖެހިލަން ޖެހުނަސް ކުރުން ހުއްޓާލައިގެން ނުވާނެ ބައެއް ކަންކަން- ޘާބިތުވެލައިފިނަމަ މާބާރަށް ކުރިއަށް ދެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ހިތްދަތި ޙާލަތެއް ކުރިމަތިވުމުން މަޑުޖެހިލަން ޖެހުނަސް ކުރުން ހުއްޓާލައިގެން ނުވާނެ ބައެއް ކަންކަން- ޘާބިތުވެލައިފިނަމަ މާބާރަށް ކުރިއަށް ދެވޭނެ! އިން ޝާ ﷲ

ދިރިއުޅެމުންދާއިރު އުންމީދު ވެސް ނުކޮށް ހުންނަ ކަންކަން ކުރިމަތިވެއެވެ. އެފަދަ ބައެއް ކަންކަމުގެ ސަބަބުން ސިހުންވެސް ލިބެއެވެ. ނާ އުންމީދުވެ ފަހަތަށް ވެސް ފިޔަވަޅު އެޅެއެވެ. ތެދަށް ބުނާނަމަ މިފަދަ ކަންކަމާއި ގުޅިގެން ބައެއް ފަހަރު މީހާ ހުއްޓުމަކަށްވެސް އާދެއެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކުރިމަތިވާ މުޞީބާތުގެ ސަބަބުން ހިތްދަތިކަންވެސް ލިބޭނެއެވެ. މާޔޫސްވެސް ވާނެއެވެ. ކުއްލިއަކަށް ދިމާވުމުން ހިތްދަތިކަމާއި މާޔޫސްކަން އިތުރުވެގެންވެސް ދެއެވެ. މިކަންކަމަކީ އިންސާނުންގެ ޠަބީޢަތާއި ގުޅިފައިވާ ކަންކަމެވެ.

އެހެންކަމާއިއެކުވެސް މުސްލިމުންނަކީ ކުރިމަތިވާ އެއްވެސް މުޞީބާތެއްގެ ސަބަބުން ހުއްޓުމަކަށް އައިސްގެންވާނެ ބައެއް ނޫނެވެ. އެ މުޞީބާތެއް މެދުވެރިވީ ކުއްލިއަކަށް ނަމަވެސް ހީވެސް ނުކުރެވޭހައި ގޮތްގޮތުން މީސްތަކުން އިންތިޙާނުކުރައްވަވާނެ ކަމަށް ޤުރްއާނުގައި އޮތުމުން އެކަމަށް ވިސްނައިފިނަމަ އެއްވެސް މީހަކު ހުއްޓުމަކަށް ނުއަންނާނެއެވެ! މަޑުޖެހިލި ނަމަވެސް ކުރިއަށް ހިނގައިގަންނަން ހިތްވަރު ލިބޭނެއެވެ. އިން ޝާ ﷲ

މިކަމުގައި އެންމެ ބޮޑަށް ފަރުވާތެރިވާންޖެހޭނީ ކޮށްއުޅޭ އަޅުކަމަށެވެ. އެފަދަ ވަގުތުތަކުގައި އެމީހަކު ކޮށް އުޅޭ އަޅުކަމެއް ކުރުން ހުއްޓައިލެވިއްޖެ ނަމަ އެއޮތީ ފޭލްވެފައެވެ. ޤަވާއިދުން ވިތުރި، ދަމުނަމާދު ފަދަ އަޅުކަން ކުރާ މީހަކަށް އެއިން ކަމެއް ކުރުން ހުއްޓައިލެވިގެން ނުވާނެއެވެ. ކޮންމެ ދުވަހަކު ކުރާ ޛިކުރުތައް ކުރަންވާނެއެވެ! ކީރިތި ޤުރްއާން ކިޔަވާ މިންވަރަށް ކިޔަވަންވާނެއެވެ!

އަދި ކީއްހެއްޔެވެ! ހިތާމަ އާއި ހިތްދަތިކަމުގެ ވަގުތުތަކުގައި އޮތީ އަޅުކަން ކުރުން ގިނަކުރުމެވެ. ދުޢާކުރުން ގިނަކުރުމެވެ. އިމްތިޙާނުން ފުރިހަމަގޮތުގައި ފާސްވެ އެކަމުން ތިމާއަށް ލިބެންވާ ފައިދާކުރާނީ އެއިރުންނެވެ. އިން ޝާ ﷲ

ވިސްނާށެވެ! މީހާ ދިރިހުރި ނަމަވެސް ފިނޑިވެ، ގަނޑުވެ، ހުއްޓި، މައްޔިތަކަށް ހައްދުވަނީ ޝައިޠޯނާއެވެ. ނަމަނަމަ އަމާން ނުދޭށެވެ! އޮތީ އެކަން އެގޮތަށް ހިނގަމުންދާނެކަން ޤަބޫލުކޮށްގެންހުރެ ކުރިއަރައިދާން މަސައްކަތްކުރުމެވެ.

ވަރަށް ރަނގަޅު ވާހަކައެއް ބުނަން ހެއްޔެވެ؟ އެހެން ނޫންނަމަ ތިބާއެވަނީ ހަމަ ދިރިހުއްޓައި މަރުވެފައެވެ. ނުވަތަ ދިރިހުރިނަމަވެސް އެވަނީ މަރުވެފައިވާ މީހަކަށް ވެވިފައެވެ! ތަކުރާރުކޮށްލާނަމެވެ! މުސްލިމުންނަކީ މިބުނި ޙާލަތަށް ގޮސްގެންވާނެ ބައެއް ނޫނެވެ! ދިމާވާ ކަންކަމާއިއެކުގައިވެސް ނުހުއްޓި ކުރިއަށްދާން މަސައްކަތްކުރަންޖެހޭނެ ބައެކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން