މިސްކިތަށް އަރަނީ އަޅުކަންކުރާށެވެ! ނަމަވެސް ތިމާއަށް ކަންކަން ކުރެވޭ ގޮތަކުން ޢަޛާބު ދެއްވަވާނެ ކަންކަން ކުރެވޭ ބައަކު އެބަ އުޅެއެވެ. ފޯނު ރިންގުވުމާއި ވާހަކަދެއްކުމާއި އަދި ނަމާދަށް ހުންނަ މީހަކަށް އުދަގޫވާވަރަށް ބާރަށް ކިޔެވުން ފަދަ ކަންކަން ކުރެވޭތީއެވެ.
އަޅުކަމުގައި ހުންނަން ޖެހޭނީ ހުރިހާ ސަމާލުކަމެއް އެކަމަށް ދީގެންނެވެ. އަޅުކަމުގައި ހުއްޓައި މީހަކަށް ސަލާމްވެސް ނުގޮވާށެވެ! އެހެނީ އެވަގުތަކީ އެމީހަކާއި ﷲ ގެ ޙަޟްރަތާއި ގުޅިފައިވާ ވަގުތެވެ! ވީމާ ދެމެދަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ!
މިސްކިތުގައި ދުނިޔަވީ ވާހަކަ ދެއްކުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް އަޅުކަމުގައި ހުންނަ މީހަކަށް އަޑުއިވި އުނދަގޫވެދާނެ ކަމަށްޓަކައި ވާހަކަ ދައްކަންވާނީ އެއްވެސް މީހަކަށް އުނދަގޫ ނުވާނެ ވަރަށެވެ. އަޅުކަމުގައި ތިބޭ މީހުންނަށް އަޑުނުއިވޭނެ ވަރަށެވެ. ނޫން ނަމަ އަޅުކަމުގައި ހުރި މީހަކަށް އުނދަގޫކުރި ކަމުގެ ޖަޒާ ލިބިގަންނަން ޖެހިދާނެއެވެ!
ވިސްނައިލަންވީ ނަމާދަށް ހުންނަ މީހާއަށް އުނދަގޫވާވަރަށް ޤުރްއާންކިޔެވުންވެސް ހުއްދަ ނޫންކަމެވެ. ދެން ނިކަން ވިސްނައިލަބަލާށެވެ! ފޯނު ރިންގުވާ އަޑުންނާއި އެކަކު އަނެކަކަށް ވާހަކަދައްކާ އަޑުން މީހެއްގެ ނަމާދަށް އުނދަގޫވެއްޖެނަމަ ދެއްވަވާނެ ޢަޛާބާއިމެދު ކަންބޮޑުނުވެ ތަޤްވާބެރިއެއް ނުވެވޭނެއެވެ!
f you enter the masjid and find someone who reads the Quran loudly, then go near him, greet him with Salaam, and clarify to him in a soft and gentle manner that what he is doing is contrary to the sharee'ah, as he should not disturb the worshippers and harm them with his loud recitation.
Remind him that the Prophet, sallallaahu ‘alayhi wa sallam, came out to the people who were performing the prayer while reciting the Quran loudly and said to them, “The worshipper (the praying person) is conversing with his Lord, so let him concentrate on what he is saying to Him, and one of you should not recite Quran loudly in a way that disturbs the other.” [Ahmad; Al-Albaani: authentic]
އިމާމް އަޙަމްދުގެ އަރިހުން ބަޔާންވެގެންވާ މިޙަދީޘްފުޅުގެ މާނައިގައި އެކުލެވިގެންވަނީ އެއްދުވަހަކު މިސްކިތްކޮޅަށް ވަޑައިގެންނެވިއިރު އެއްބައަކު އަޑުގަދަކޮށް ބާރަށް ޤުރްއާން ކިޔަވަނީކަމާއި އަނެއްބައަކު ނަމާދުކުރަނީ ކަމެވެ. އެހެންވެ ބާރަށް ޤުރްއާން ކިޔަވަންތިބި މީހުންގެ ކައިރިއަށް ވަޑައިގެން ޙަދީޘްފުޅު ކުރެއްވެވިއެވެ. "ނަމާދުކުރަން ތިބި މީހުން/މީހާ އެގެންދަނީ ﷲ އާ މުޢާމަލާތުކުރަމުންނެވެ! އޭނާ ދަންނަވާ ވާހަކަތަކަށް ސަމާލުކަންދިނުމުގެ ފުރުޞަތުދޭށެވެ! އެހެން މީހަކަށް އުނދަގޫވެދާނެވަރަށް ބާރަށް ޤުރްއާންނުކިޔަވާށެވެ!"
މިފަދައިން ޙަދީޘްފުޅުގައި އޮންނައިރު ނަމާދަށްތިބޭ މީހުންނަށް އުނދަގޫވާވަރަށް ބާރަށް ވާހަކަދެއްކުމާއި ތިމާ ގެންގުޅޭ ފޯނު ރިންގުވެ ނަމާދަށް ތިބޭ މީހުންނަށް އުނދަގޫވުމުން ﷲ ޢަޛާބް ދެއްވަވާނެ މިންވަރާއިމެދު ވިސްނާލައި ބިރުވެތިވުން ކީއްހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން