ނަމާދު ކުރާއިރު ފާތިޙާ ސޫރަތް ކިޔަވާނީ އިމާމުމިހާއާ އެއްކޮށްތޯ؟ ނޫނީ އިމާމު މީހާ ކިޔަވާ ނިމުނީމަތޯ؟
އާދެ، ތިމައްސަލައިގަ އަޅުގަނޑު ދެކޭގޮތް އަޅުގަނޑު މި ބަޔާންކުރަނީ. މިހާރު މިސާލަކަށް މިތާންގާ ދެންމެވެސް ކިއިގެން ހިނގައްޖެ ނަމާދުގަ އިމާމު މީހާ ސޫރަތުލް ފާތިޙާއަށް ފަހުގަ މި ކިޔަވާ ކިޔެވުން. އެ އެބަޖެހޭ ކަނުލާ އަޑުއަހަން ތިބެން، ވާޖިބެއް. އެއީ ޤުރުއާނުގަ އެއޮތީ ﷲ އަންގަވާފަ (އަރަބި) " ނަމާދުގަ ޤުރުއާން ކިޔެވެންޏާ ތިޔަބައިމީހުން ކަނުލާ އަޑުއަހަން ތިބޭށެ، އަދި ހަނު ތިބޭށެ. އެއީ ތިޔަބައިމީހުންނަށް ﷲ ރަޙްމަތް ލެއްވުމަށްޓަކައެވެ."
އެހެންވީމާ އެ ނަމާދުގަ ސޫރަތުން ފާތިޙާ އަށްފަހުގަ ކިޔެވޭ ޤުރުއާން ކަނުލާ އަޑުއަހަން އެބަޖެހޭ. ސޫރަތުލް ފާތިޙާއަށް ފަހުގަ ކިޔެވޭ ޤުރުއާނޭ މިތާންގަ މި ދެންނެވީ، ދެންމެ މި ޙަދީޘްގަވެސް ބަޔާންވެގެން ހިނގައްޖެ ﷲގެ ނަބިއްޔާއަށް ޤުރުއާން އޮޅުނުވާހަކަ އެއްދުވަހަކު. އެއީ އެކަލޭގެފާނުގެ ފަހަތްޕުޅުގަ އަޞްޙާބު ބޭކަލުން ކިޔެވީމަ އެކަލޭގެފާނަށް އޮޅުނީ ދެން އެކަލޭގެފާނު އެތާންގަ ޙަދީޘްފުޅުކުރައްވާފަ އެވަނީ (އަރަބި) "ތިޔަބައިމީހުން އިމާމުމީހާއާ އެއްކޮށް ކިޔަވަންޏާ ހަމައެކަނި ސޫރަތުލް ފާތިޙާ ކިޔަވާށޭ، އެހެން ސޫރަތެއް ކިޔަވައިގެން ނުވާނެއެވެ.
އެހެންމަ މި ޙަދީޘުން އެބައިނގޭ ސޫރަތުލް ފާތިޙާ އިމާމުމީހާއާ އެއްކޮށް ކިޔެވޭނެކަން. އެއީ (އަރަބި) ޙަދީޘް ކުރެއްވީ " ތިޔަބައިމީހުން ސޫރަތުލް ފާތިޙާ ފިޔަވާ އެހެން ސޫރަތެއް ނުކިޔަވާށޭ އިމާމުމީހާއާ އެއްކޮށް. އެހެންމަ އިމާމުމީހާއާ އެއްކޮށް އެބަ ކިޔެވޭތާ ފާތިޙާ ސޫރަތް. ދެން މިސާލަކަށް އިމާމުމީހާ ސޫރަތުލް ފާތިޙާ ކިޔެވީމާ، ސޫރަތުލް ފާތިޙާ ކިޔަވަން އަޅުގަނޑުމެން ލަސްކޮށްފި ކަމަށްވަންޏާ އިމާމުމީހާ އަނެއް ސޫރަތް ކިޔަވަންފަށައިގެން ބައެއް ކުރިއަށް ދާއިރުގަ އަދި އަޅުގަނޑުމެން ތިބޭނީ ސޫރަތުލް ފާތިޙާ ކިޔަވަން. އެހެންނޫންތޯ.
- ޝައިޚް މުޙައްމަދު އިބްރާޙީމް