ކިތަންމެ ރުޅިއަޔަސް ހަދިޔާ ދީފަ އަތުނުލާތި! އެއީ ތިމާގެ އަމިއްލަ ހޮޑު ކެއުން ފަދަ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ކިތަންމެ ރުޅިއަޔަސް ހަދިޔާ ދީފަ އަތުނުލާތި! އެއީ ތިމާގެ އަމިއްލަ ހޮޑު ކެއުން ފަދަ ކަމެއް!

މީހަކު ދެކެ ކިތަންމެ ރުޅި އައި ނަމަވެސް އެމީހަކަށް ދީފައިވާ ޙަދިޔާއެއް އަތުނުލާށެވެ! އެހެނީ ޙަދީޘްފުޅުގައި އޮތީ ތިމާގެ އަމިއްލަ ހޮޑު ކެއުން ފަދަ ކަމެއް ކަމަށެވެ. 

އެހެން ރިވާޔަތެއްގައިވަނީ: 

"ޞަދަޤާތުގެ ގޮތުގައި ދިނުމަށްފަހު އަނބުރާ ލިބިގަތުމަކީ ކުއްތާއެއް ހޮޑުލުމަށްފަހު އެ ހޮޑު ކެއުން" ފަދަ ކަމެއް ކަމަށެވެ. އަދި "ޞަދަޤާތުގެ ގޮތުގައި ދީފައިވާ އެއްޗެއް ކިތަންމެ ކުޑަ އަގެއްގައި ނަމަވެސް އަނބުރައި ގަނެގެންވެސް ނުވާނެ" ކަމަށެވެ. ޞަހީހް މުސްލިމް: 3950 

ބައެއް މީހުން ރުޅި އައުމުން ކުރިން އެމީހަކަށް ދީފައި ހުންނަ ހަދިޔާއަތުލައެވެ. އަނބިންނަ ދޭ ހަދިޔާ ވެސް އަތުލައެވެ. އެއް ގޮތަކަށްވެސް އެފަދަ ކަންކަން ނުކުރާށެވެ! ހަދިޔާކުރަންވީ ﷲ ތަޢާލާއަށްޓަކައެވެ. ހަދިޔާ ކުރުމަށްފަހު އަލުން ގަނެގެންވެސް އަނބުރައި ލިބިގަތުމެއް ނުވެއެވެ. އެކަން ރަސޫލް () ވަނީ މަނާކުރައްވަވައިފައެވެ. 

އަނބިދަރިންނަށްވެސް ޢާއިލާގެ އެހެން މީހުންނަށް ތަކެތި ހަދިޔާކުރަންވީ ﷲ ތައާލާއަށްޓަކައެވެ. އެއިރުން އެ ހަދިޔާ ބަދަލުވެގެން އެދަނީ ޞަދަޤާތަކަކަށެވެ. މިއީވެސް އަހަރެމެންނަށް ސަވާބު އިތުރުކުރުމަށް ފަހިކޮށްދެއްވަވާފައިވާ ފަސޭހަ މަގެކެވެ. 

ވީމާ އެއްވެސް މީހަކަށް ހަދިޔާއެއް ދިނުމަށްފަހު އަނބުރައި އަތުނުލާށެވެ! އެއީ ނުބައިކަން ބޮޑުވެގެންވާ ކަމެކެވެ. ބައެއް މީހުންނަށް އެކަން ކުރެވެނީ އެކަމުގައި ހުރި ނުބައިކަން ނުއެނގޭތީ ކަމަށްވެދާނެއެވެ. ވީމާ މިޙަދީޘްފުޅު ބަލާށެވެ! 

‘Abdullāh ibn ‘Abbās (may Allah be pleased with him) reported that the Prophet (may Allah's peace and blessings be upon him) said: "The one who takes back the gift he has given to someone is like one who eats his vomit." In another wording: "The one who takes back the charity that he gave is like a dog that vomits then eats its vomit."  
Sahih/Authentic. - [Al-Bukhari and Muslim] 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ގުޅުންހުރި ލިޔުން:

https://hadeethenc.com/en/browse/hadith/6074

 

 

މިއަދު އޮންލައިން