މީހަކަށް ލިބޭނެ އެންމެ ބޮޑު އުފަލަކީ އެމީހަކު ކުރި ދުޢާތައް ޤިޔާމަތް ދުވަހު ﷲ ތަޢާލާ ޢިޖާބަ ކުރެއްވެވުމެވެ. ކުރާ ފައިދާ އެތައް ހާސް ގުނައަކަށް ބޮޑުވެ އިތުރުވެގެންދާތީއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
މީހަކަށް ލިބޭނެ އެންމެ ބޮޑު އުފަލަކީ އެމީހަކު ކުރި ދުޢާތައް ޤިޔާމަތް ދުވަހު ﷲ ތަޢާލާ ޢިޖާބަ ކުރެއްވެވުމެވެ. ކުރާ ފައިދާ އެތައް ހާސް ގުނައަކަށް ބޮޑުވެ އިތުރުވެގެންދާތީއެވެ!

ކޮންމެ ޒަމާނެއްގައިވެސް މީސްތަކުން އިޚްލާޞްތެރިކަމާއިއެކު ﷲ ތަޢާލާގެ ޙަޟްރަތުން އެދޭ ކަންކަން ﷲ ތަޢާލާ ހިންމަވައި ދެއްވަވަތެވެ! ބައެއް ކަންކަން ވަގުތުންނެވެ. އަނެއްބައި ކަންކަން ތަންކޮޅެއް ފަހުންނެވެ. އަނެއްބައި ކަންކަން އެއަށްވުރެވެސް ފަހުންނެވެ. އަދި ކުރާ ދުޢާގެ ތެރެއިން ބައެއް ދުޢާ އާޚިރަތް ދުވަހުވެސް އިޖާބަކޮށްދެއްވަވާނެތެވެ! މީހަކަށް ލިބޭނެ އެންމެ ބޮޑު އުފަލަކީވެސް އެމީހަކު ކުރި ދުޢާތައް ޤިޔާމަތް ދުވަހު ﷲ ތަޢާލާ ޢިޖާބަ ކުރެއްވެވުމެވެ. އެއިރުން ކުރާ ފައިދާ އެތައް ހާސް ގުނައަކަށް ބޮޑުވެ އިތުރުވެގެންދާތީއެވެ.  

މިހާރަކަށް އައިސް އެންމެ ގިނަ ބައެއްގެ އެންމެ ބޮޑު  އެއް ކަންބޮޑުވުމަކަށްވެފައި އޮންނަނީ އެމީހަކު ކުރާ ދުޢާ އިޖާބަ ކުރެއްވެވުން ލަސްވުމެވެ. މިހެން މިކަން މެދުވެރިވަމުން މިދަނީ ދުޢާ އިޖާބަ ކުރެއްވެވުން މިހާރު އިތުރަށް ލަސްވާތީއެއް ނޫނެވެ. ޖެހިގެން މިއުޅޭ ކަމަކީ މިސްތަކުންގެ ހިތުގެ ސްޕީޑް އަވަސްވުމެވެ. އިންޓަރނެޓް ސްޕީޑްގައި ހުރިހާ ކަންކަން ބޭނުންވުމެވެ.  

ވީމާ ދުޢާ އިޖާބަ ކުރެއްވެވުން ލަސްވެގެން ކަންބޮޑުވެ މާޔޫސްވުމެއް ނެތެވެ! ﷲ ތަޢާލާއީ އެކަލާނގެ އަޅުތަކުން ކުރާ ކޮންމެ ދުޢާއެއް ވެސް އައްސަވައި ވޮޑިގެންވާ އިލާހްއެވެ. އަދި ކިއެއްތަ! މީސްތަކުން ހިތަށް އަރުވާ ކަންކަންވެސް ދެނެވޮޑިގެންވާ އިލާހްއެވެ.  

މީސްތަކުން އެދޭ ކަންކަން ހަނދާން ނެތުމާއި ފަރުވާ ކުޑަކުރުމަކީ އިންސާނުން ކުރާ ކަންކަމެވެ. އެހެނަސް ﷲ ތަޢާލާގެ ޙަޟްރަތުގައި މީސްތަކުން އެދޭ ކަންކަން އެމީހަކަށް އެކަމުން އެންމެ ފައިދާ ކުރާނެ ވަގުތުގައި ﷲ ތަޢާލާ އެމީހަކަށް ހިނންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ އަބަދުވެސް ބުނަމުން އަންނަ ފަދައިން މީސްތަކުންނަށް އެކަން ނުއެނގެނީއެވެ. އެމީހަކަށް އެކަމެއް ޙާޞިލުވުން އެންމެ ރަނގަޅު ވަގުތު އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން