ހަކުރު ބައްޔަށް ފަރުވާކުޑަކުރުމަކީ އަވަހަށް ސިކުނޑި މުސްކުޅިކުރުވާކަމެއްކަމަށާއި މަސްތުވާތަކެއްޗާ ބަގުރަލާ ދުންފަތުގެ ބޭނުންނުކުރުމަކީ ޒުވާންކަންމަތީގަ ސިކުނޑި ދަމަހައްޓައިދޭ ކަމެއްކަމަށް ދިރާސާތަކުން ހާމަވެއްޖެއެވެ.
30000 އަށްވުރެ ގިނަ ޑައިބެޓިސް 2 ހަކުރުބަލީގެ މީހުންގެ ސިކުނޑީގެ އެމްއާރުއައި ދިރާސާކުރުމަށްފަހު ސްވިޑްންގައި ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ދިރާސާ ހަދަން ބޭނުންކުރީ 40 އަހަރާއި 70 އަހަރާއި ދެމެދުގެ މީހުންގެ އެމްއާރުއައި ކަމަށާއި ދިރާސާތަކުން އެނގުނު ގޮތުގައި ހަކުރު ބައްޔަށް ފަރުވާ ކުރުމުން 3 އަހަރާއި 4 އަހަރުގެ މުއްދަތަށް ސިކުނޑި މުސްކުޅިވުން އަވަސްވާ ކަމަށެވެ.
ދިރާސާއަށްފަހު ނެރުނުގެ ބަޔާނުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ޤަވާޢިދުން ކަސްރަތުކުރުމާއި މަސްތުވާތަކެއްޗާއި ބަނގުރަލާއި ދުންފަތް ބޭނުން ނުކުރުމުން ސިކުނޑީގެ ޞިއްޙަތު ދުޅަހެޔޮކަންމަތީގައި ހުރުމަށް ބާރު އަޅައެވެ. އަދި ސިކުނޑި މުސްކުޅިވުން އަވަސްވުމަކީ ހަނދާން ނެތުމުގެ މައްސަލަތައް ކުރިމަތިވާންފަށާ ކަމެއް ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.
މިފަދަ ކޮންމެ ދިރާސާއަކުންވެސް އެނގިގެން މިދަނީ އިސްލާމް ދީނުގެ މަތިވެރިކަމެވެ. ޞިއްޙީ ދުޅަހެޔޮކަމަށް މަސައްކަތްކުރުމާއި ބަލިވެއްޖެނަމަ ސަބަބުތަކުގައި ހިފަހައްޓައިގެން ތިބެ ޝިފާ ހޯދަން މަސައްކަތްކުރުން އިސްލާމް ދީން ބާރުއަޅައެވެ. ހަމައެއާއިއެކު މަސްތުވާތަކެތި ބޭނުންކުރުމާއި ބަނގުރާ ބުއިމާއި ދުންފަތުގެ އިސްތިޢްމާލްކުރުން ފަދަ ކަންކަމަކީ އިސްލާމް ދީނުގައި ޙަރާމް ކަންކަމެވެ. އަދި ކީއްހެއްޔެވެ؟ މަސްތުވާތަކެތި ބޭނުންކުރުމާއި ބަނގުރާ ބުއިމާއި ތިމާގެ ޞިއްހަތަށް ގެއްލުން ލިބޭނެ ކަންކަން ކުރުމަކީ ދުނިޔޭގެ އެއްވެސް ބައަކު ޤަބޫލުކުރާ އެއްވެސް ދީނެއްގައިވެސް ކުރުން ހުއްދަ ކަންކަމެއް ނޫނެވެ.
- ދީނާ ގުޅުންހުރި މަޢުލޫމާތު: ޝައިޚް މުޙައްމަދު މޫސާ