ޢާއިޝަތު ރަފާޙް ޢަލީ
ބަރަކާތަކީ ހެޔޮކަންކަން ގިނަވެގެންދިޔުމެވެ. ނިޢުމަތްތައް އިތުރުވެގެން ދިޔުމެވެ
ބަރަކާތް އިތުރުކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަންޖެހެއެވެ.
އެގޮތުން އެންމެ ފުރަތަމަ ކަމަކަށް ގިނަގިނައިން ކީރިތި ޤުރްއާން ކިޔެވުމަކީ ބަރަކާތް ލިބޭ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ.
ﷲ ތަޢާލާ ކީރިތި ޤުރްއާނުގެ ޝުޢަރާ ސޫރަތުގެ 192 ވަނަ އާޔަތުން 195 ވަނަ އާޔަތައް ވަޙީ ކުރައްވާފައިވެއެވެ.
﴿وَإِنَّهُ لَتَنزِيلُ رَبِّ الْعَالَمِينَ [192] نَزَلَ بِهِ الرُّوحُ الْأَمِينُ [193] عَلَىٰ قَلْبِكَ لِتَكُونَ مِنَ الْمُنذِرِينَ [194] بِلِسَانٍ عَرَبِيٍّ مُّبِينٍ [195]﴾
މާނައީ: "ހަމަކަށަވަރުން އެ (ޤުރުއާން) އަކީ ޢާލަމްތަކުގެ ވެރިއިލާހުގެ ޙަޟްރަތުން ބާވައިލެއްވުނު އެއްޗެކެވެ. އެ (ޤުރުއާން) އާއިގެން ފައިބައިވަޑައިގެންވީ އައްރޫޙުލް އަމީން (ޖިބްރީލް عَلَيهِ السَّلَام) އެވެ. (އެ ޤުރުއާން) ކަލޭގެފާނުގެ ހިތްޕުޅަށް ބާވައިލެއްވުނީ (މީސްތަކުންނަށް) އިންޛާރު ކުރައްވާ ބޭކަލެއްކަމުގައި ވުމަށެވެ. (އެ ޤުރުއާން) ބާވައިލެއްވުނީ ބަޔާންވެ ސާފުވެގެންވާ ޢަރަބި ބަހުންނެވެ."
ކީރިތި ޤުރްްއާނަކީ ޝިފާއެކެވެ. އަދި މީސްތަކުންނަށް ހުރި ހިދާޔަތެކެވެ.
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.
مَنْ حَافَظَ عَلَى هَؤُلَاءِ الصَّلَوَاتِ الْمَكْتُوبَاتِ لَمْ يُكْتَبْ مِنَ الْغَافِلِينَ، وَمَنْ قَرَأَ فِي لَيْلَةٍ مِائَةَ آيَةٍ كُتِبَ مِنَ الْقَانِتِينَ»
މާނައީ: "ފަރުޟު ފަސް ނަމާދަށް ރައްކާތެރިވެއްޖެމީހާ ޣާފިލުވީ މީހުންގެ ތެރެއިން ނުލިޔުއްވޭ ހުއްޓެވެ. އަދި ރޭގަނޑު ސަތޭކަ އާޔަތް ކިޔަވައިފި މީހަކު ކިޔަމަންތެރިވީ އަޅުންގެ ތެރެއިން ލިޔުއްވޭ ހުއްޓެވެ."
ކީރިތި ޤުރްއާން ކިޔެވުމުން ޘަވާބު ލިބެއެވެ. އަދި ހިތްހަމަޖެހުން ލިބިގެންދެއެވެ.
ﷲ ތަޢާލާ ރަޢްދު ސޫރަތުގެ 28 ވަަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّهِ ۗ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ ﴿٢٨﴾
މާނައީ: "އެއުރެންނީ، إيمان ވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللَّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟ (28)"