މައިންބަފައިންނަށް އަޅާލައި ހެޔޮކޮށް ހިތަން ލިބޭ ކުޑަފުރުޞަތެއްވެސް ދޫކޮށްނުލާށެވެ! އެކަމުން ކުރާ ފައިދާ މާމަތިވެރިވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
މައިންބަފައިންނަށް އަޅާލައި ހެޔޮކޮށް ހިތަން ލިބޭ ކުޑަފުރުޞަތެއްވެސް ދޫކޮށްނުލާށެވެ! އެކަމުން ކުރާ ފައިދާ މާމަތިވެރިވާނެ! އިން ޝާ ﷲ

މައިންބަފައިންނަށް އަޅާލައި ހެޔޮކޮށް ހިތުމަށް ދެގޮތެއްވެއެވެ. އެއީ ތަނަވަސްކަންހުރިވަރަކުން މައިންބަފައިންނަށް ހޭދަކުރުމާއި އަޅާލައި އެހީތެރިވުމެވެ. ތަނަވަސްކަން ކުޑަނަމަވެސް އަޅާލައި އެހީތެރިވެވޭނެއެވެ. ޚިދުމަތްކުރެވޭނެއެވެ.  

މައިންބަފައިންނަށް އެހީތެރިވުމަކީ ވަކި ދަރިއަކަށް ކުރަން ޖެހޭ ކަމެއް ނޫނެވެ، ހުރިހާ ދަރިންވެސް ކުރަންޖެހޭ ކަމެކެވެ. ކޮންމެހެން އެންމެ ދޮށީދަރިފުޅު ނުވަތަ އެންމެ ތަނަވަސްދަރިފުޅުކުރަންޖެހޭ ކަމެއް ނޫނެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތައި އަޅައިލުމަކީ ﷲ ތަޢާލާގެ ރުހިވަޑިގަތުން ލިބިގެންދާ ކަމެކެވެ. އިން ޝާ ﷲ  

މައިންބަފައިންނަށް އެހީތެރިވެ ޚަރަދުކޮށް، ޑޮކްޓަރުންނަށް ދައްކައި ބޭސްފަރުވާކޮށްދީ އަދި އެމީހުންގެ އެހެން ބޭނުންތައް ފުއްދައިދީ ހެދުމަކީ ހުރިހާ ދަރިންވެސް ކުރަންޖެހޭނެ ކަމެކެވެ. އެކަން ކުރަންވީ ﷲ ގެ ޙަޟްރަތުން ޘަވާބަށް އެދިގެންނެވެ. ﷲ ގެ ރުހިވޮޑިގަތުން ލިބި  ސުވަރުގެ އެދިގެންނެވެ.  

އެކަންކަން ނުކުރުމަކީ ތިމާއަށް ލިބެންހުރި ނިޢްމަތްތައް ދޫކޮށްލުމެވެ. ނަޞޭޙަތަކީ މިކަންކަމަށް ވިސްނައި ހުރިހާ ދަރިންނަކީވެސް މައިންބަފައިންނަށް ހެޔޮކޮށް ހިތައި އަޅައިލާ ބައަކު ކަމުގައިވުމެވެ. ލިބޭ ކޮންމެ ފުރުޞަތެއްގައިވެސް އެކަމަށް އަވަސްވެގަތުމެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން