ފަތިސްނަމާދުގެ ވަޤުތުގައި ނުހޭލެވިއްޖެނަމަ އިހުސުންނަތް ކުރަންޖެހޭނެ ކަމާއިމެދު ބައެއް މީހުން ސުވާލު އުފައްދާތީ ބުނަމެވެ.
"ރަސޫލް (ﷺ) އަށް ފަތިސް ނަމާދަށް ހޭފުޅު ނުލެއްވެވުނު ރޭގެ ފަތިސް ނަމާދު ކުރެއްވެވީ އިހު ސުންނަތް ކުރެއްވެވުމަށްފަހުގައެވެ. ވީމާ އަހަރެމެންވެސް ޢަމަލުކުރަންވީ ހަމައެގޮތަށެވެ. ފަތިސް ނަމާދު އެކަނި ކުރި ނަމަވެސް ފުރަތަމަ އިހުސުންނަތްކުރާށެވެ
ފަތިސް ނަމާދަށް ނުހޭލެވިގެން ޤަޟާއަށް ކުރަންޖެހުނު ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ފުރަތަމަ އިހުސުންނަތުގެ 2 ރަކްއަތް ކުރުމެވެ. ކޮންމެ ކަމެއްގައިވެސް އޮތް އެންމެ ރަނގަޅު ގޮތުގައި ހިފަހައްޓަން މަސައްކަތްކުރާށެވެ!
- މަޢުލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް