ސުންނަތް ނަމާދެއްގައި އޮޅިގެން އިތުރަށް ކުރެވިއްޖެއްޔާ ކުށުސަޖިދަ ކުރަންޖެހޭނެތޯ؟
ކުށުސަޖިދަ ޖަހާކަށް ނެތް އަންގަވާފައެއް. އަދި އެކަލޭގެފާނު ޖެއްސެވިކަންވެސް ސަބިތުވާކަށް ނެތް، ސުންނަތް ނަމާދެއްގަ ކުށެއް ކުރެވިގެންނެއް. އެހެންނަމަވެސް މީގަ ބައެއް ޢިލްމުވެރިން ވިދާޅުވަނީ ކުށުސަޖިދަ ކޮށްލުން ރަނގަޅޭ.
ކުށުސަޖިދަ ކޮށްލުން ރަނގަޅޭ، އެއީ ފަރުޟު ނަމާދަކާ ތަފާތެއް ނެތް ސުންނަތް ނަމާދެއް ޢަމަލީ ގޮތަކުންނެއް. ހަމއެކަނި ޙުކުމްތައް މި ތަފާތީ. ޙުކުމް އެކަނި ތަފާތީ، އެއީ ފަރުޟު މީ ސުންނަތް. އެހެންމަ އެ ޢަމަލީ ގޮތަކުން އެއްވެސް ތަފާތެއް ނެތޭ. އެހެންވީމާ ޢަމަލީގޮތުން ތަފާތު ނެތީމާ ކުށެއް ކުރެވިއްޖެއްޔާ ކުށުސަޖިދަ ކުރުމޭ ރަނގަޅީ.
އެގޮތަށް އަޅުގަނޑުވެސް ދެކެނީ. ސުންނަތް ނަމާދެއްގަ ވިޔަސް ކުށެއް ކުރެވިއްޖެއްޔާ ހަމަ ކށުސަޖިދަ ކޮށްލުން ރަނގަޅު.
ދެން ނުކުރިއަސް މައްސަލައެއް ނެތް. ސަބަބަކީ ސާބިތުވާކަށް ނެތް. ސާބިތުވާކަށް ނެތް އަދި އެގޮތަށް އިރުޝާދު ދެއްވާފައެއްވެސް ނެތް. ސުންނަތް ނަމާދެއްގަ އެގޮތަށް ކުށެއް ކުރެވިއްޖެއްޔާ ކުށުސަޖިދަ ކުރާކަށް އިރުޝާދުވެސް ދެއްވާފައެއްވެސް ނެތް. ދެން މިތަންގާ އަޅުގަނޑު ރަނގަޅު ގޮތޭ، ރަނގަޅީ ކުށުސަޖިދަ ކޮށްލުމޭ މި ދެންނެވީ އެއީ ހަމަ ނަމާދެއް އެވެސް. އެވެސް ނަމާދެއް ޚުކުމީގޮތުން އަދި ތަފާތުވީކަމުގައި ވިޔަސް ޢަމަލީގޮތުން އެއްގޮތް އަޅުކަމެއް އެއީ. އެހެންމަ އެ އަޅުކަމުގަވެސް ކުށެއް ކުރެވިއްޖެއްޔާ ހަމަ ކުށުސަޖިދަ ކޮށްލުން ރަނގަޅި. ވަﷲ އަޢުލަމް.
- ޝެއިޚް މުޙައްމަދު އިބްރާހީމް