ތިބާޢަކީ އެންމެ ބޮޑު ބުއްދިވެރިންގެ ތެރެއިން ހިމެނެން ބޭނުންވާ މީހަކު ނަމަ ފުރަތަމަ ކުރަން އޮތް ކަންތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ތިބާޢަކީ އެންމެ ބޮޑު ބުއްދިވެރިންގެ ތެރެއިން ހިމެނެން ބޭނުންވާ މީހަކު ނަމަ ފުރަތަމަ ކުރަން އޮތް ކަންތައް-

ބުއްދިވެރިން ކަމުގައި ބެލެވެނީ ތިމާއަށް ލިބެން އަންނަ ބޮޑެތި ގެއްލުންތަކުން ސަލާމަތްވެ ހުރެވޭ މީހުންނެވެ. ތިމާއަށް ފައިދާ ހުރި ޢަމަލުތައް ކުރެވޭ މީހަކަށްވެވުމުންނެވެ. އެހެންވެ އެންމެ ބޮޑު ބުއްދިވެރިއަކީ ކާކުކަން ބަޔާންކުރައްވައި ޢިލްމުވެރިއަކު ވިދާޅުވެފައިވެއެވެ. 

"އެންމެ ބޮޑު ބުއްދިވެރިއަކީ އެހެން މީހުން އެމީހާގެ މައްޗަށް ނަމާދު ކުރުމުގެ ކުރިން އަމިއްލައަށް ނަމާދުކުރަން ފަށާ މީހާއެވެ. އެހެން މީހުން އެމީހާގެ މައްޗަށް ކުރާ ނަމާދުގެ ފައިދާ ވެސް ލިބުން އޮތީ އެއިރުންނެވެ." 

އެންމެންނަށްވެސް އެނގޭނެ ފަދައިން މީހެއްގެ މައްޗަށް ކަށުނަމާދުކުރެވޭނީ އެމީހަކު މަރުވުމުންނެވެ. މިބަސްފުޅުގެ މާނައަކީ އާޚިރަތް ލިބުން އޮތީ އެމީހާގެ މައްޗަށް މީސްތަކުން ކަށުނަމާދު ކުރެވުމުގެ (އެބަހީ މަރުވުމުގެ) ކުރިން ތައުބާވެ ނަމާދުކުރަންފަށާ މީހުންނަށެވެ! 

އަބަދުވެސް ބުނާފަދައިން ތައުބާވުން ފަސްނުކުރާށެވެ! ފަރުޟު ނަމާދުތަކަށް ރައްކައުތެރިވާށެވެ! ވީހައި ގިނައިން ސުންނަތް ނަމާދުތައް ކުރަމުން ގެންދާށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން