މައްސަރުކަންތައް ޖެހުމުން އަނބިމީހާ އެކަނިކޮށްލަން ހެޔޮނުވާނެ! އެއީ ދެވޭ ވަރަށް ބޮޑު އަނިޔާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
މައްސަރުކަންތައް ޖެހުމުން އަނބިމީހާ އެކަނިކޮށްލަން ހެޔޮނުވާނެ! އެއީ ދެވޭ ވަރަށް ބޮޑު އަނިޔާއެއް!

އެއްވެސް މައްސަލައެއް ނުޖެހި ލޯބިން އެކުގައި އުޅެމުންވެސް އަނބިމީހާއަށް މައްސަރުކަންތައް ޖެހުމުން އެބަ އެކަނިކޮށްލައެވެ. ދެމީހުން ގައިގޯޅިވެ ލޯބިދޭން ފަސްޖެހެއެވެ.  

އެއްގޮތަކަށްވެސް އެކަން އެގޮތަށް ނުކުރާށެވެ! އަނބިމީހާގެ ޞިއްޙަތު ރަނގަޅުނަމަ، ގަދަވެ ހެޔޮޙާލުގައި ހުރިނަމަ، ބައިވެރިޔާ ގާތްވުމުން އުނދަގޫވާފަދަ ކަމެއް ނެތްނަމަ ގައިގޯޅިވެ ލޯބިދޭށެވެ. ދުރުހެލިވާންޖެހޭނީ ޖިމާޢުވުމުން އެކަންޏެވެ.  

ނޫންނަމަ އެކަންވާނީ އަނބިމިހާއަށް ދެވޭ ވަރަށް ބޮޑު އަނިޔާއަކަށެވެ. ސަބަބަކީ ރަނގަޅު ޞިއްޙަތުގައި ތިބޭ އަންހެނުންނަށް ފިރިމީހާގެ ކިބައިން އަޅައިލުމާއި ލޯބި އެދުވަސްވަރު މާބޮޑަށް އިތުރަށްވެސް ބޭނުންވާނެތީއެވެ.  

އަހުރެން ހަނދާންވާ ގޮތުން އެއީ އަހުރެމެންގެ (މިއުންމަތުގެ) ލޮބުވެތި މައިކަނބަލުންގެ ތެރެއިން އުންމު ސަލަމާއެވެ. މައްސަރުކަންތައް ޖެހިވަޑައިގަތުމުން އެނދުދާންކޮޅުން ފައިބައިވަދައިގަތުމުން ގޮވާލައްވައި ގެންނަވައި އެކަމަނާ އެނދަށް ލައްވަވައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އެމަނާއަށް ލޯބި ދެއްވެވިއެވެ.  

ވީމާ މިއީ ދީނީ ގޮތުން އެއްވެސް ހުރަހެއް އޮތް މައްސަލައެއްވެސް ނޫނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން