ސަމާލުކަންދޭންޖެހޭ ކަމެއް!: ގޭގަ ނަމާދުކުރެވޭނެނަމަ ސުންނަތްތައް ގޭގަ ކުރާށެވެ! "ފަރުޟު ނަމާދުތައް ފިޔަވައި އެންމެ ހެޔޮކަންބޮޑީ ގޭގަ ކުރާ ނަމާދެވެ!"- ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ސަމާލުކަންދޭންޖެހޭ ކަމެއް!: ގޭގަ ނަމާދުކުރެވޭނެނަމަ ސުންނަތްތައް ގޭގަ ކުރާށެވެ! "ފަރުޟު ނަމާދުތައް ފިޔަވައި އެންމެ ހެޔޮކަންބޮޑީ ގޭގަ ކުރާ ނަމާދެވެ!"- ޙަދީޘް

ޒައިދް ބިން ޘާބިތުގެ އަރިއަހުން އިމާމް ތިރްމިޛީ ރިވާކުރެއްވި ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ! "ފަރުޟް ނަމާދުތައް ފިޔަވައި އެންމެ ހެޔޮކަން ބޮޑުވެގެންވަނީ ގޭގައި ކުރާ ނަމާދެވެ!" 

މި ޙަދީޘްފުޅުން އެނގެން މިއޮތީ ސުންނަތް ނަމާދުތައް ގޭގައި ކުރުމުގެ މަތިވެރިކަމެވެ. ވީމާ ގޭގައި ނަމާދުކުރުމުގެ ފުރުޞަތު އޮތް ނަމަ ގޭގައި ސުންނަތް ނަމާދުތައް ކުރުން ގިނަކުރާށެވެ! ކޮންމެ މީހަކުވެސް ބޭނުންވާނީ އެމީހަކު ކުރާ އަޅުކަމަށް ވީހައި ގިނަ ޘަވާބު ލިބުމެވެ. ވީމާ އެންމެ ގިނަ ޘަވާބު ލިބެން އޮތް މަގު ދޫކޮށް ނުލާށެވެ! 

މިސްކިތްތަކަކީ ބިންމަތީގައިވާ އެންމެ އަގު ހުރި ބިނާތަކެވެ. އެންމެ މުޤައްދިސް ބިނާތަކެވެ. އެހެންކަމާއިއެކުގައިވެސް ރަސޫލް () މިފަދައިން ޙަދީޘްފުޅު ކުރެއްވެވުމުން އަހަރެމެންނަށް އޮތީ ޙަދީޘްފުޅަށް ޢަމަލުކުރުމެވެ. 

ގޭގައި ސުންނަތް ނަމާދުތައް ކުރުމުގެ މުހިންމުކަމާއިމެދު ވަރަށް ގިނަ ވާހަކަތައް ދެއްކެއެވެ. އެއީ ހަމަ ހަނދާންކޮށްދިނުމުގެ ގޮތުންނެވެ. ގިނަ ބައަކު ދަމުނަމާދުކުރަންވެސް މިސްކިތަށް ދާން ބޭނުންވާތީ އެއީ އެންމެ ރަނގަޅު ގޮތް ނޫންކަން ބަޔާންކުރުމަށެވެ. ދަމުނަމާދު ފަދަ ސުންނަތް ނަމާދުތައް ކުރަން މިސްކިތަށް ދިއުން އޮތީ ގޭގައި ކުރެވެން ނެތްނަމައެވެ. 

Zayd ibn Thabit reported: The Messenger of Allah, peace and blessings be upon him, said,

“O people, perform prayer in your houses, for the best prayer of a man is in his house, except for the prescribed prayers.” 

Source: Ṣaḥīḥ al-Bukhārī 731

Grade: Sahih (authentic) according to Al-Bukhari   

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން