ހަނދުމަކޮށްދިނުމެއް!: ޥުޟޫކުރުން މުސްތަޙައްބުވެގެންވާ ކަންކަން-: ޝައިޚް މުޙައްމަދު ޝާފިޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 1ސ
ހަނދުމަކޮށްދިނުމެއް!: ޥުޟޫކުރުން މުސްތަޙައްބުވެގެންވާ ކަންކަން-: ޝައިޚް މުޙައްމަދު ޝާފިޢު

ތިރީގައިމިވާ ކަންކަމަކީ ޥުޟޫކުރުން މުސްތަޙައްބުވެގެންވާ ކަންކަމެވެ. 

1- އަށް ޛިކުރުކުރާ ހިނދުގައްޔާއި ޤުރްއާން ކިޔަވާއިރު. 

2- ކޮންމެ ނަމާދަކަށް. އެއީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަން އެގޮތަށް ކުރެއްވުމުގައި ދެމިހުންނެވީތީއެވެ. އަނަސް ރަޟިޔަﷲ ޢަންހުގެ ޙަދީޘުގައި އައިސްފައިވާ ފަދައިންނެވެ. 

قَالَ أَنَسٌكَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَتَوَضَّأُ عِنْدَ كُلِّ صَلاَةٍ” [أخرجه البخاري برقم (214)]

މާނައީ: އަނަސް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކޮންމެ ނަމާދަކަށް ޥުޟޫކުރައްވައެވެ."  

3- ޖުނުބުވެރިޔާ ޖިމާޢުވުމަށްފަހު އަނެއްކާވެސް ޖިމާޢުވާން ބޭނުންވެއްޖެ ނަމަ ނުވަތަ ނިދުމަށް ނުވަތަ ކެއުމަށް ނުވަތަ ބުއިމަށް ބޭނުންވެއްޖެ ނަމަ ވުޟޫކުރުން މުސްތަޙައްބުވެގެންވެއެވެ. މިކަމުގެ ދަލީލަކީ އަބޫ ސަޢީދުލް ޚުދްރީ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވާ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ މިޙަދީޘެވެ. 

((إِذَا أَتَى أَحَدُكُم أَهْلَهُ ثُمَّ أَرَادَ أَنْ يَعُودَ فَلْيَتَوَضَّأْ))[ أخرجه مسلم برقم (308)].

މާނައީ: "ތިޔަބައިމީހުންގެ ކުރެ މީހަކު ޖިމާޢުވުމަށްފަހު ދެވަނަފަހަރަށް ޖިމާޢުވާން ބޭނުންވެއްޖެނަމަ ފަހެ ވުޟޫކުރާހުށިކަމެވެ."

އަދި އޭގެ އަނެއް ދަލީލަކީ ޢާއިޝާ ރަޟިޔަﷲ ޢަންހާ ރިވާކުރެއްވި މި ޙަދީޘެވެ. ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. 

"كَانَ إِذَا أَرَادَ أَنْ يَنَامَ وَهُوَ جُنُبٌ، تَوَضَّأَ وُضُوءَهُ للصَّلاَةِ، قَبْلَ أَنْ يَنَامَ" وَفي رِوَايَةٍ لَهَافَأَرَادَ أَنْ يَأْكُلَ أَوْ يَنَامَ" أخرجه مسلم برقم (305)].

މާނައީ: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ޥަސައްލަމަ ޖުނުބުވެރިވަޑައިގަތުމަށް ފަހު އަވަހާރަފުޅު ލެއްޕެވުމަށް ބޭނުންވެއްޖެނަމަ އަވަހާރަފުޅު ލެއްޕެވުމުގެ ކުރިން ނަމާދަށް ޥުޟޫކުރައްވާ ގޮތަށް ޥުޟޫކުރައްވައެވެ.” އަދި އެކަމަނާގެ ކިބައިން ރިވާވެގެންވާ އެހެން ރިވާޔަތެއްގައި ވެއެވެ. “ފަރިއްކުޅުއްވުމަށް ނުވަތަ އަވަހާރަފުޅުލެއްޕެވުމަށް ބޭނުންވެއްޖެނަމައެވެ. 

4- ހިނައިގަތުމުގެ ކުރިން ޥުޟޫކުރުން: މީގެ ދަލީލަކީ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ޙަދީޘެވެ.

"كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا اغْتَسَلَ مِنَ الْجَنَابَةِ يَبْدَأُ فَيَغْسِلُ يَدَيْهِ ثُمَّ يُفْرِغُ بِيَمِينِهِ عَلَى شِمَالِهِ فَيَغْسِلُ فَرْجَهُ ثُمَّ يَتَوَضَّأُ وُضُوءَهُ لِلصَّلاَةِ" [ أخرجه مسلم برقم (316)].

މާނައީ: "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޖުނުބުވެރިވަޑައިގަތުމަށްފަހު ހިނައިގަންނަމަ އެންމެ ފުރަތަމަ އެކަލޭގެފާނުގެ ދެއަތްޕުޅު ދޮންނަވައެވެ. ދެން ކަނާތްޕުޅުން ވާތްޕުޅަށް ފެންއަޅުއްވާ އެކަލޭގެފާނުގެ ޢައުރަގުނަވަން ދޮންނަވައެވެ. ދެން ނަމާދަށް ވުޟޫކުރައްވާފަދައިން ވުޟޫކުރައްވައެވެ." 

5- ނިދުމުގެ ކުރީން: އަލްބަރާ ބިން ޢާޒިބް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. 

ރަސޫލުﷲ ޞައްލަﷲ ޢަލައހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. 

((إِذَا أَتَيْتَ مَضْجَعَكَ فَتَوَضَّأْ وُضُوءَكَ لِلصَّلاَةِ، ثُمَّ اضْطَجِعْ عَلَى شِقِّكَ الأَيْمَنِ..))" أخرجه البخاري برقم (247)].

މާނައީ: "ތިބާ ނިދަން އައިސްފިނަމަ ފަހެ ނަމާދަށް ވުޟޫކުރާފަދައިން ވުޟޫކުރާށެވެ. ދެން އޭގެފަހުގައި ތިބާގެ ކަނާއަތްފަރާތަށް ވާގޮތަށް އޮށޯއޮންނާށެވެ."

(ވުޟޫގެ ބާބު ނިމުނީ) 

- ޝައިޚް މުޙައްމަދު ޝާފިޢު

 

الفقه الميسر في ضوء الكتاب والسنة
وزارة الشؤون الإسلامية والأوقاف والدعوة والإرشاد

 

މިއަދު އޮންލައިން